ޚަބަރު

ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިއާއާ އެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ޤަބޫލު ކުރޭ: އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިއާއާ އެކު ރާއްޖެއިން މަސައްކަތްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އާޒިމް މިހެން ވިދާޅުވީ، އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން މިއަދު ބާއްވާ ޒުވާނުންގެ ސައިކަލު ބުުރުގެ ޕޯސްޓަރު ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަޙްމަދު ޝިޔާމް ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ. ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން ބާއްވާ "އިންޑިއާ އައުޓް" ޒުވާނުންގެ ސައިކަލު ބުރު މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ ތިބުމަށް އިދިކޮޅުން ނުރުހޭކަން ފާޅު ކުރުމަށް ހިންގަމުން އަންނަ ކެންޕެއިންގެ ތެރެއިން ބައެކެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާ އެކު އިންޑިއާ އައުޓް ކެންޕެއިން އިތުރަށް ވަރުގަދަ ކުރަންވަނީ ނިންމައިފައެވެ. އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ "އިންޑިއާ އައުޓް" ކެންޕެއިނުން ރާއްޖެއަށް ކުރާނީ ނޭދެވޭ އަސަރުތައް ކަމަށެވެ.

މިއަދު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގިނަ ދިވެހި ޒުވާނުންނަށް، އެމީހުންގެ އާއިލާތަކަށް އިންޑިޔާ އައުޓްވެގެންވާ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން ގަބޫލުކުރާ ކަމަށެވެ. އަދި ޕީޕީއެމްއިން އެ ކެންޕެއިން ހިންގަނީ ސިޔާސީ ފައިދާ ނަގަން ކަމަށް ވިދާޅުވަމުން ވިދާޅުވީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިންޑިޔާއާ އެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރާ ކަަމަށާއި ފިތުނަ ކުރަން ހުއްޓައިލާން ގޮވައިލާ ކަމަށެވެ.

އިންޑިއާ އައުޓް ކެންޕެއިނަކީ، ރާއްޖޭގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަން ދޭތީ ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނެއެވެ. މިކަމަށް ބާރު ލިބޭ ގޮތަށް ރައީސް ޞާލިޙް ވެސް ވަނީ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވައިފައެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

  1. މުޖުތާޒު

    ށަލާމަތާ ރައްކާތެރިކަން އޮތީ ﷲ އެންގެވިގޮތަށް އުޅެ އެކަލާނގެއަށް ބިރުވެތިވެގެން އުޅެގެން އިންޑިޔާ ސިފައިންނަށް ކުރެވޭނެ ކަމެއްނޯންނާނެ މިއީމިކަނައޮތްގޮތް

  2. ޢަވާމެނދުރު

    ތިބާގެ ވެރިރައްބުގެމަތިން ހަދާންނަށްތާނުލާ އިންޑިޔާއަށް ބަރޯސާވެގެން ގޮސް

  3. ހުދުހުދު

    ޒުވާނުން އެކަން ގަބޫލެއް ނުކުރޭ.ތިޔަހެން ބުނެވިދާނެ.މަށަކީވެސް ޒުވާނެއް.މަށެއްވެސް ގަބޫލެއް ނޫން…ކަޅު ދަބަހުގައި ހަލާލު ދިޔާއެއްޗެތި އުފުލި ކަމަށް ބުނެ ވެސް އޮތީ އޮޅުވާލާފަ.