ޚަބަރު

މިއީ ޤާނޫނީ ސަރުކާރެއް ނޫން، އަވަސް އިންތިޚާބެއް ބާއްވާ: އިދިކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2018ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއިން ކާމިޔާބުކޮށްފައި ވަނީ އޮޅުވައިލައިގެން ކަމަށާއި މިހާރު މި އޮތް ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅުން މިގޮތަށް ގޮވައިލައިފައި ވަނީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވައިލިކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓުކަމަށް ބުނާ ލިޔުމެއް ލީކްވުމާއި ގުޅިގެންނެވެ.

ލީކްވި ލިޔުމާ ގުޅިގެން މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، އެ ރިޕޯޓް ލީކްވިތާ 24 ގަޑިއިރު ވެފައިވާއިރު، ފުލުހުން އެ ރިޕޯޓް ދޮގު ނުކުރުމަކީ، އެ ރިޕޯޓަކީ ސައްޙަ ރިޕޯޓެއް ކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންތިޚާބު އޮޅުވައިލިކަން މި ރިޕޯޓުން އެނގޭ ކަމަށާއި މިހެންކަމުން މިހާރު އޮތް ސަރުކާރަކީ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ސަރުކާރެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު މި އޮތް ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތު މި ވަނީ ގެއްލިފައި. އެހެންވީމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިންތިޚާބެއް ބާއްވައިގެން ގާނޫނީ ސަރުކާރެއް އެކުލަވައިލުން" އަދުރޭ ވިދާޅުވީ އަވަސް އިންތިޚާބެއް އައުމާ ހަމައަށް ސަރުކާރު ހިންގަން ޖެހޭނީ ކޮން ގޮތަކަށް ކަމަށް ސްޕްރީމް ކޯޓުން ނިންމަން ޖެހޭ ކަމަށެވެ.

އަދުރޭ ތުހުމަތު ކުރެއްވީ ރިޔާސީ އިންތިޚާބު ވަގަށް ނަގައިފައި ވަނީ އިންޑިއާގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެ މީހުންގެ ދައުރު އަދާކުރަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިންތިހާބު ނިމުމާ އެކު ވެސް ޕީޕީއެމްއިން ވަނީ އިންތިޚާބު އޮޅުވައިލައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ، އިލެކްޝަން ކޮމިޝަންގެ އޭރުގެ ރައީސް އަޙްމަދު ޝަރީފް ހައްޔަރުކޮށް، ތަޙްޤީޤް ކުރުމަށް ގޮވައިލައިފައެވެ. އަދި ވިދާޅުވީ، އޭނާއަކީ އިންތިޚާބު އޮޅުވައިލުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށެވެ.

Ads by Allied Insurance
  1. ޙަސަނާ

    ބަޔަކު ވެރިކަމާހުރެ ހޭބަލިވެގެން ފަތުރާ ދޮގު ހަބަރުތަކަށް ފުލުހުން ޖަވާބުދާރީޥާންނުޖެހޭނެ.

  2. އެމްސް

    ކަމަކަށް ބޫތުކެޔަސް މިއީ ދެން ބޮޑުވަރު!