ޚަބަރު

އިންޑިއާ އައުޓަށް ނުގޮވަންވީ އިންޑިއާއިން ރާއްޖެއަށް ހަނޑޫ އެތެރެ ކުރާތީ: ވައްޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ އެތައް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށާއި އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ކުރަމުންދާ ކެންޕެއިނަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

"އިންޑިއާ އައުޓް" ކެންޕެއިން ހަރަކާތް އަތޮޅު ތެރެއަށް ފުޅާ ކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގައި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ މަނިކުފާނު ހުންނެވީ ވެސް "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. މިއާއެކު، އެމްޑީޕީގެ މެންބަރުންދަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިގޮތުން ވައްޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސަކު "މުޅި ގައިގައި "އިންޑިޔާ އައުޓް" ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް"ކަމުގައެވެ.

ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށްކަން ފާހަގަކުރައްވައި މެމްބަރު ވަހީދު ވިދާޅުވީ، މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން ކަމަށެވެ. އަދި މިއީ މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައްކަމުގައި ވިދާޅުވަމުން ވައްޑެ ވިދާޅުވީ، މިއީ ވެސް ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއްކަމަށެވެ.

"ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށް. މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނޫން، މައިގަނޑު ގޮތެއްގައި އަވައްޓެރި އިންޑިޔާއިން ގެންނަ ބާވަތްތައް. މިދަންނަވާލީ ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް." ރައީސް ޔާމީންގެ ފޮޓޯއެއް ޓްވީޓް ކުރައްވައި ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މިއަދު އިންޑިއާ އައުޓްގެ ނަމުގައި ކުރިޔަށް ގެންދަން ރޭވި ސައިކަލު ބުރު ފުލުހުން ވަނީ ހުއްޓުވައިފައެވެ. ފުލުުހުން ސައިކަލު ބުރު ހުއްޓުވީ، ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބުނެއެވެ. ނަމަވެސް އިންޑިއާ އައުޓް ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި މިހައިތަނަށް ހަމަނުޖެހުން ހިންގައިފައެއް ނުވެއެވެ.

Ads by Ooredoo
  1. ޢަވާމެނދުރު

    ހަޑޫލިބެންހުންނަނީއިންޑިޔާއިންއެކަނިތަ އަދިހަޑޫގެންނަނީ އަގަކާނުލާ ހިލޭތަ ކަޑުކޮހުންގެސަރުކާރުގާ ކަންތަށްބޮޑުވާނީ ކުރީސަރުކާރުގާ އިންޑިޔާެއިންކާޑުރާޖެއަށްނުވިއްކާހިފަހައްޓާލި ވަގުތުންއެހެންގައުމަކުންގެންނައްފެށީ އިންޑިޔާެައަށްޖެހުނީސައިޒުވާންޔޫމެންތިބޭފިތިފަ

  2. ާެއެނގޭމީހާ

    ކަލޯ އިންޑިޔާއިން ހަނޑޫ އެތެރެކުރާތީ އިންޑިޔާއަށް މި ޤައުމުގެ ވަތުބަތާނަވެސް ވިއްކާލަންވީތަ؟

  3. ކަލޯ ހަޑޫ ހިލޭތަށް ލިބެނީ ނުވަތަ ގަންނަނީތަ ޑޮލަރު ދީފަ !

  4. މޫސާ

    އިންޑިޔާއަޅު ކިޔާނަން އިންޑިޔާ އިން އަހަރެމެން ހަޑޫ ހަކުރު ގަނެގެން ކަނީ ވިޔަފާރިޔަކީ ކޮންމެ ބަޔަކާ އެކުވެސް ކުރެވޭނެ ކަމެއް އެހެނޭ ކިޔާފަ އަހަރެމެން ނުޖެހޭ އިންޑިޔާގެ އަޅުންނަ ވާން

  5. ޢަވާމެނދުރު

    ވަނޑެހެވާހަކައިންއެގޭ ވަނޑެއަކީ އަދި މޮޔަކުއްޖެތްކަން

  6. ޢައްދާރު

    އިންޑިއާއިން ހިލޭސާބަހަށްތޯ ހަނޑު ހަކުރު ފުށް، އަދި ލޯނު ދެނީ ވެސް، މީހުނަށް ޚުޝާމަދު ކުރަން ވެސް އެނގޭނަމަ ރަނގަޅުތާ، އަލިރަސްގެފާނެކޭ އަނދިރި ރަސްގެފާނެކޭ އެއްވަރޭ ބުނާ ބީދައިން ހަމަ ތިއަ އިންޑިއާއެކޭ ބަރުމާއެކޭ ވެސް ތަފާތެއް ނެތް، ނޫނީ ޗައިނާއެކޭ ލަނކާއެކޭ ވެސް ތަފާތެއް ނެތް، ކޮންމެ ގައުމަކަށް ފައިސާ ދިނަސް ތި ކިއާ އެޗެއްލިބޭނެ، އިންޑިއާއިން ރޔާމީން ވެރިކަމުގާ ފުއްޕާފަ ހިލައާ ހިލަވެއްޔާ އެތައް އެއްޗަކަށް ދަތި ކުރި އެކަމަކު ވސް އެހެންގައމު ތަކުން އެތަކެތި އެތެރެ ކުރައްވާ ގައުމުގެ ތަރައްގީއަށް ކުޑަވެސް ލޮޅުމެއް އެރިއަށް ނުދެއްވާ ކުރިއަށް ގެންދެވި، މިހާރުވެސް އިންޑިއާއިން މިގައުމުގަ ބައްދައިގެން މި ބޯކައިފަ އޮތް ސަރުކާރު ލައްވާ މިގައމުގެ ނާޖާއިޒު ފައިދާ ނަގަމުން އެ ދަނީ.

  7. ހިކަނދި

    ތިކަހަލަ ކަމެއްދަމެއް ނޭނގޭ ސޮހުލުން ކަމެއްހިނގާނެ ގޮތެއް ޚިޔާލަށް ވެސް ގެންނަން ނޭގޭ ކުރަން ވެސް ބޭނުން ނުވާ، މާކަންނަތާހޮދަރުން ތިބާވަތުގެ ފޫނުބެދޭ ބޯކޮސް ވާހަކަ ދައްކާނެ.

  8. މިކަހަލަ ގަމާރުން މަޖިލީހުގަ ވެސް ގިނައީ. އޭގެ ފައިދާ އިންޑިއާއިން އެނަގަނީ. އިންޑިއާއިން ހަޑޫ ވިއްކާތީ މީނަގެ އަނބި ދަރިން އިންޑިއާ އާ ހަވާލު ކުރިޔަސްހެޔޮ. އެހެނޭކިޔާފަ ޤައުމު އެމީހުންގެ އަތްދަށުލިއަކަ ނުދެވޭނެ. ްަްަްަްަްަްަްަްަްަްަްަްަްަ

  9. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖޭގަެއި ތިބެންޖެހޭ ޖާއިޒް ސަބަބެއް ނެތް. އަވަހަށް ފައިބާ. ރީތިކޮށް ނުފައިބައިފިނަމަ ހަޑިކޮށްވެސް ބާލާނަން އިންޝާﷲ. މި ޤައުމުގައި ހަދާފަހުރި ޤާނޫނުތަކާއި ފުށުއަރާގޮތަށް އެގްރިމެންޓްތަކުގައި ސޮއިކޮށްގެން އުޅެނީ ރާއްޖެއާއި ދުނިޔެއަށް މަސްތުވާތަކެތީގެ ވަގު ވިޔަފާރިކޮށް މަނީލޯންޑަރިން ކުޅިކުޅެން. އަވަހަށް ފައިބާ.