ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސްޕޯކްސްޕާސަނަކީ މިހާރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްތޯ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސުވާލު ކުރައްވައިފިއެވެ.
"އިންޑިއާ ސިފައިން ތިބެން ނަޝީދު ވެސް ދެކޮޅު" މި ސުރުހީގެ ދަށުން ރައީސް ޔާމީންއާ ހަވާދީ ނޫހެއްގައި ލިޔެފައިވާ ޚަބަރަކާ އެކު ކުރެއްވި ޓުވީޓެއްގައި ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރެއްވީ، ރައީސް ނަޝީދުގެ ސްޕޯކްސްޕާސަންކަމުގެ މަގާމާ މިހާރު ރައީސް ނަޝީދު ހަވާލުވެވަޑައިގަތީތޯއެވެ.
"އިންޑިއާ އައުޓް"ގެ ޝިއާރުގެ ދަށުން އިދިކޮޅުގެ ގިނަ ފަރާތްތަކުން މިހާރު ވެސް ގެންދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވެސް ގެންދަވަނީ ތަކުރާރުކޮށް ގޮވައިލައްވަމުންނެވެ.
އެ ހަރަކާތްތަކާ ގުޅިގެން ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި، އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށާއި ކަން މިހެން އޮތުމާ އެކު އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ކ. ތުލުސްދޫގައި އިއްޔެ ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީިދުގެ ޓްވީޓުން ދޭހަވާ މާނައަކީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ތިބި ތިބުމާ ނަޝީދު ވެސް ދެކޮޅު ކަމަށާއި، ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރު ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކަވައިފައި ނުވާ ކަމަށެވެ.
ފުޅާކުރަމުންދާ "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅިގެން އެމްޑީޕީން ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އޭ ހަތަރުކަށިމަތި! ކަލޭގެ މަގާމު ގެއްލުނުއިރުވެސް ކަލޭފަކީރަކަށް ނޭނގުނުތަ؟ ކުޑަކުޑަ ސޮރަކަށް ތިހެން ހަދާކަށް ނުވާނެނު.