ޚަބަރު

"އިންޑިއާ އައުޓް" ކެންޕެއިނަށް ޗައިނާއިން ޚަރަދު ކުރާ ކަމަށް ބުނުމުން ރައްދު ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަކީ ޗައިނާއިން ޚަރަދުކޮށްގެން ހިންގާ ކެންޕެއިނެއްކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ފަތުރަމުންދާ ވާހަކަތައް ރާއްޖޭގައި ހުންނަ ޗައިނާގެ އެންބަސީއިން ދޮގުކޮށްފިއެވެ.

Ads by STELCO

އިއްޔެ އިދިކޮޅުން އިންތިޒާމްކޮށްގެން ބާއްވަން ނިންމި ސައިކަލު ބުރެއް ފުލުހުން ވަނީ ހުއްޓުވައިފައެވެ. "އިންޑިއާ އައުޓް"ގެ ނަމުގައި ބާއްވަން ނިންމި މި ސައިކަލު ބުރަށް ހުރަސް އަޅައިފައި ވަނީ، ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތުކޮށެވެ.

"އިންޑިއާ އައުޓް" ކެންޕެއިނަކީ ޗައިނާއިން ފަންޑު ކުރާ ކެންޕެއިނެއް ކަމަށް އެމްޑީޕީ މެންބަރުން ބުނަމުންދަނީ، މާލޭ ސިޓީ ކައުންސިލް މެންބަރު ނަހުލާ އަލީގެ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ. އެކަމަނާ ޗައިނާ އެންބަސީ ދޮރުމަތީގައި ހުންނެވީ، އިންޑިއާ އައުޓް ޓީޝާޓެއް ލައިގެންނެވެ.

މިކަން ހިނގާ ދިިޔަ ގޮތް ނަހުލާ ވަނީ ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، އެތަނުގައި ހުންނެވީ، ފުލުހުން ސައިކަލު ބުރަށް ހުރަސް އަޅައި އެސަރަހައްދުގައި ތިބި މީހުން ފަހަން ފެށުމުން ކަމަށެވެ.

މި ފޮޓޯ ހިއްސާ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙަސަން ޝިޔާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ކެންޕެއިނަކީ ޗައިނާއިން ޚަރަދުކުރާ ކެންޕެއިނެއް ކަމަށެވެ.

މި ޓްވީޓަށް ރައްދު ދެމުން ޗައިނާގެ އެންބަސީން ވިދާޅުވީ، ޗައިނާއިން އަބަދުވެސް ގެންގުޅެނީ، ޤައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ ސިޔާސަތެއް ކަމަށެވެ. އަދި އެންބަސީން މަސައްކަތް ކުރަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގެ ގުޅުން ވަރުގަދަ ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.

Ads by HDC
  1. ކިނބޫ

    ޗައިނާއިން ޚަރަދު ކުރޭތަ؟ ހާދަ އުފާވެރި ޚަބަރެކޭ ތީ.

  2. ައައްސި

    ރައްދު ދޭން ރަނގަޅު، ޗައިނާއިން ޚަރަދު ކޮށްގެން ކުރުވާ ކަމެކޭ ބުނި މީހާއަށް ރޯމާދުވާލު އެތާގަ ތިބި ބައެއްގެ ނަންވެސް ނޭގޭ އެވަރުގެ ނާތަހުޒީބު ވާހަކަ މީހުންގެ ބޮލުގާ އެޅުވާއިރު އެތާގަ ހުރީ ނަހުލާ ކަމެއް ފަޒުނާކަމެއް ކާކު ކަމެއް ކިއަނީ ކޮން ނަމެއްކަން ވެސް ނޭގުނު.

  3. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖޭގަެއި ތިބެންޖެހޭ ޖާއިޒް ސަބަބެއް ނެތް. އަވަހަށް ފައިބާ. ރީތިކޮށް ނުފައިބައިފިނަމަ ހަޑިކޮށްވެސް ބާލާނަން އިންޝާﷲ. މި ޤައުމުގައި ހަދާފަހުރި ޤާނޫނުތަކާއި ފުށުއަރާގޮތަށް އެގްރިމެންޓްތަކުގައި ސޮއިކޮށްގެން އުޅެނީ ރާއްޖެއާއި ދުނިޔެއަށް މަސްތުވާތަކެތީގެ ވަގު ވިޔަފާރިކޮށް މަނީލޯންޑަރިން ކުޅިކުޅެން. އަވަހަށް ފައިބާ.