ޚަބަރު

ރާއްޖެއަށް އަތްގަދަ ކުރުމުގެ ފުުރުސަތު ދިވެހިންނެއް ނުދޭނެ: ރޮޒައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ކޮންމެ ދިވެއްސަކު ވެސް ނިކުންނާނެ ކަމަށާއި، އިންޑިއާ އަދި އެ ނޫން ވެސް ޤައުމަކުން ރާއްޖެއަށް އަތްގަދަ ކުރުމުގެ ފުރުސަތު ދިވެހިން ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޮޒައިނާ މިހެން ވިދާޅުވީ، އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިނަށް ފާޑު ވިދާޅުވަމުން މިއަދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގައެވެ.

މިގޮތުން ރޮޒައިނާ ވިދާޅުވީ، އިންޑިއާ އައުޓް ކެންޕެއިނަކީ ދިވެހިންނަށް ހުރި ލަދެއް ކަމަށެވެ. އަދި ސިޔާސީ މަޝްރަޙުގައި ނޫޅޭ ކުދިން ވެސް، މި ކެންޕެއިނާ ހެދި ލަދު ގަންނަ ކަމަށް ބުނަމުން އަންނަ ކަމަށާއި، މި ކެންޕެއިނަކީ ރައީސް ޔާމީން އަމިއްލަ ފައިދާއަށް ކުރައްވާ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ އިންޑިއާ އަބަދުވެސް އޮންނާނީ ދިވެހިންގެ އެކުވެރި ޤައުމެއްގެ ގޮތުގައެވެ.

ރޭ ރާއްޖެ ޓީވީއިން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވެސް ރޮޒައިނާ ވަނީ އިންޑިއާ އައުޓް ކެންޕެއިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް ނެތްކަން ރައީސް ޔާމީނަށް އެނގިވަޑައިގެން ހުންނަވާ ފިތުނަ އުފެއްދުމަށް މަސަކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިއަދު ރޮޒައިނާގެ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ، ވަކި މީހަކު ބުނާ އެއްޗެއް ހަޤީޤަތެއް ނުބަލާ ޤަބޫލު ކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ސްކޫލުތަކުގައި ކްރިޓިކަލް ތިންކިންގ ކިޔަވައިދޭން ޖެހޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

  1. ގުބޯ

    މި ބުނަނީ އެގްރިމަންޓިތައް ދައްކާށޭ…ފޮރުވައިގެން ނުތިބެވޭނެ. މި ނިކުންނަނީ ބާލަން