އަނުޝްކާ ޝަރްމާގެ ސަންކިސްޑް ފޮޓޯތައް ފެނިފައި ބެލުންތެރިންގެ ތައުރީފު ވިރާޓް ކޯލީއަށް
އަނުޝްކާ ޝަރްމާ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވާ ފޮޓޯތަކުގައި 'ލައިޓް ކެޗަރ'އެއް ފާހަގަވެފައިވާއިރު، ބެލުންތެރިން ގަބޫލުކުރާ ގޮތުގައި އެ ފޮޓޯތައް ނަގައިފައި ވަނީ އޭނާގެ ފިރިމީހާ ވިރާޓް ކޯލީއެވެ.
އިންޑިއާގެ ކްރިކެޓް ޓީމުގެ ޓެސްޓް ސީރީޒްއަށް ވިރާޓް ކޯލީއާ އެކު މިހާރު ސައުތު އެފްރިކާގައ ހުރި އަނުޝްކާ ޝަރްމާ ވަނީ އޭނާގެ ސަންކިސްކޮށްފައިވާ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ހުދުކުލައިގެ ޓީޝާޓަކާއި، ކެމޮފްލާޖު ޑިޒައިނެއް ހުރި ބްރައުން ޖޮގާސް ލައިގެން ހުރި އިރު، ހުރިހާ ފޮޓޯއެއްގައި ވެސް އޭނާގެ މޫނުމަތިން ބޮޑު ހިނިތުންވުމެއް ފެންނަން ހުއްޓެވެ
"އައި އޭމް އަ ލައިޓް ކެޗާ،" އަނުޝްކާ އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ ޔެލޯ ހާޓް އިމޯޖީއަކާ އެކު އެވެ. ކޮމެންޓްސް ސެކްޝަންގައި އަރްޖުން ކަޕޫރު އޭނާއަށް 'ގިފްޓެޑް ގާލް'ގެ ނަމުން މުހާތަބުކުރި އިރު، ނީތީ މޯހަން "އަބަދުވެސް އަލިގަދަ" ކަމަށް ލިޔެފައިވާއިރު ހިތުގެ ލޮލުގެ އިމޯޖީތައް ވެސް ހިމަނައިފައިވެއެވެ.
ބެލުންތެރިން ހީކޮށްފައި ވަނީ ކެމެރާގެ ފަހަތުގައި ހުރީ ވިރާޓް ކަމަށެވެ. "މިސްޓަރ ކިންގް ކްލިކް ކުރި ފޮޓޯ،" އެކަކު ލިޔެފައި ވެއެވެ. "ކަލޭގެ ފިރިމީހާއަކީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ފޮޓޯގްރާފަރެއް، ޝުއާ ކެޗްސް ދަ ލައިޓް އިން ޔޫ،" އެހެން މީހަކު ބުންޏެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފު ވެސް ކޮށްފައެވެ. "ހެލޯ، ސަންޝައިން!" އެކަކު ކޮމެންޓުކުރިއިރު އަނެއް ބަޔަކު ސުވާލުކުރީ "ތިހާ ރީތިވީ ކިހިނެއް؟" މިހެންނެވެ. ވިރާޓް ވަނީ މީގެ ކުރިން އަނުޝްކާގެ ހާއްސަ އެޑެއްގައި އޭނާގެ ފޮޓޯގްރާފަރަކަށް މަސައްކަތްކޮށްފައެވެ.
2008ވަނަ އަހަރު "ރަބް ނެ ބާނާ ދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ ބޮލީވުޑްގައި 13 އަހަރު ފުރިހަމަކޮށްފައެވެ. ޒީރޯ (2018)އިން ފެށިގެން އޭނާގެ އެކްޓިންއަށް ވަނީ ބޮޑު ހުރަހެއް އައިސްފައެވެ. އޭނާގެ ކުރިޔަށް އޮތް ފިލްމު އަދި އިއުލާން ނުކުރި ނަމަވެސް އޭނާގެ ބެނާ ކްލީން ސްލޭޓް ފިލްމްސްގެ ދަށުން އެންޑޯސްމަންޓުތަކާއި ޕްރޮޑަކްޝަން ވެންޗާތަކުގައި އޭނާދަނީ އަވަދިނެތި އުޅެމުންނެވެ.