ޚަބަރު

މާލޭ ރައްޔިތުންނަށް 4،000 ގޯތި ދިނުމަށް ނިންމައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުމާލެއިންނާއި ގުޅީފަޅުން 4،000އެއްހައި ގޯތި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by MWSC

މިހައިތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް 4،000 ގޯތި ސަރުކާރުން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެެއް ނޫން. ހުޅުމާލެއިން ވެސް ލިބޭނެ. އެހެން ފަޅުތަކުން ވެސް ލިބޭނެ. މި ދައްކަނީ 1،000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ތިން ހަތަރު ގުނައަށް މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގޯތި ދޭނީ ގުޅިފަޅުން އެކަނި ނޫން ކަމަށާއި ހުޅުމާލެއިންނާ އަދި އެހެން ފަޅުތަކުންވެސް ގޯތި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ކުރަންޖެހޭ ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ޙައްލުކުރުން ކަމަށެވެ.

އަދި މި ސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގޯތިގެދޮރުގެ މައްސަލައަށް ވެސް ޙައްލެއް ހޯދައިދޭނެކަމުގައި ވިދާޅުވަމުން، މިހާރު ވެސް ހުޅުމާލޭގައި 5000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގޯތިދިނުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ރާއްވަވައިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

Ads by Allied Insurance
  1. ސެއްޅި

    އަވަހަށް ދެއްވާ އިންތިޚާބު ބޭއްވުމުގެ މާކުރިން ދޭންވާނެ. އޭރުން އިންތިޚާބުގައި ވޯޓު ގިނަވާނެ.ދޭން ދޭން ހުރީމާ ކަޑަވާނެ އިނގޭ.އިންތިޚާބަށް މަހަކަށް ވީމާ ވެސ ކަޑަވާނެ. އައިލަވްޔޫ އިބޫ.