ޚަބަރު

ސަރުކާރުން އުޅެނީ މޯލްޑިވިއަން ވިއްކައިލާން، މިހާރު އެ ދަނީ އެ ކަމަށް މަގު ކޮށަމުން: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މުހައްމަދު ސައީދު / ފޮޓޯ: ދެން އިމޭޖްސް

ސަރުކާރުގެ މަޤްސަދަކީ ރާއްޖޭގެ ޤައުމީ އެއަރލައިން ވިއްކައިލުން ކަމަށާއި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފަހަކަށް އައިސް މޯލްޑިވިއަންގެ ޚިދުމަތްތައް ދޯދިޔާވެފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ސީޒަންއާ ދިމާކޮށް، ބައެއް ފްލައިޓްތައް ގްރައުންޑްވެ، ފްލައިމީ އަދި މަންޓާގެ ފްލައިޓްތައް ބޭނުން ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މޯލްޑިވިއަންގެ ފްލައިޓެއް ގްރައުންޑްކޮށްފައި އޮންނަތާ ދެ އަހަރުވެފައިވާ ކަމަށް އޮންލައިން ނޫސް "ވަގުތު"އިން ރިޕޯޓް ކުރުމާ ގުޅިގެން މިއަދު ސައީދު ކުރެއްވި ޓްވީޓެއްގައި، މޯލްޑިވިއަންގެ ފްލައިޓުތައް މަރާމާތު ނުކޮށް ގްރައުންޑުކޮށްފައި ބޭއްވުމަކީ ކުންފުނި ވިއްކައިލާން ކޮށާ މަގަކަށް ނުހެދުމަށް ވަނީ ގޮވައިލައްވައިފައެވެ. އަދި ސީޒަންއާ ދިމާކޮށް، ފްލައިޓްތައް އިތުރުވާނެކަން ސަރުކާރަށް ނޭނގެނީތޯ ސައީދު ސުވާލު އުފެއްދެވިއެވެ.

"މި މޫސުމަކީ ކޮންމެ އަހަރަކު އަންނަ އެންމެ ބޮޑު ކުރިއެރުން އަންނަ ސީޒަން. ނިމިދިޔަ ތިން އަހަރު ސަރުކާރަށް މިކަން ނޭނގުނު؟ މިއީ އައިއޭއެސްއާއި ސަރުކާރުގެ ބައެއް އިސްވެރިން މި ކުންފުނި ވިއްކައިލާން ކޮށާ މަގަކަށް ނުހައްދަވާ" ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޚަނބިލި

    މިއެމްޑީޕީ ބަިގަޑަށް ވެރިލަން ލިބިއްޖެނަމަ އަބަދުވެސް ދިވެހިންގެ ހުރިހާ އުފާވާ ކަންކަން ވެއްޔާ މޮޑެލުމަކީ މިމީހުންގެ އުފަލެއް.ތީހަރުމުދާވިއްކާޕާޓީއެއް. އަބަދުވެސް ފަނާކުރުން އުފެއްދުމެތް ނޯންނާނެ ދޮގުހެދުމުންވެސް ޕީއެޗްދީ ކޮންމެމިހެއްގެވެސް އޮންނާނެ.