ޚަބަރު

ބޯވާ ނަގަން ފޭބި ސުރޭހު އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ގެއްލުނު ސުރޭޙް | މިމީހާ ހޯދަން ބޮޑު ސަރަހައްދެއްވަނީ ބަލާފައި

ކ.ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ދިޔަ "ޖަންނު" ނަމަކަށްކިޔާ ކުޑަ ލޯންޗަކުން މޫދަށް ފޭބި އުމުރުން 21 އަހަރުގެ ހދ. ކުމުންދު/ އަރާއިރު، ސުރޭހު ހަސަން، ހޯދަން ބޮޑު ސަރަަަހައްދެއް ބަލައިފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ވިދާޅުވީ، ގެއްލުނު މީހާ ހޯދުމުގައި ކޯސްޓް ގާޑުުގެ ޑައިވަރުން، ޑައިވްކޮށްގެން 55،00 އަކަމީޓަރު ބެލިފައިވާ ކަމަށާއި އަދި ސްނޯކްލިން ކޮށްގެން 36،00 އަކަމީޓަރު ބަލައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނުފެންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު 08:58 ހާއިރުއެވެ.

އެމްއެމްޑީއެފްއިން ވިދާޅުވީ، މި މީހާ އެންމެފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށެވެ. އަދި ނޫކުލައިގެ މާސްކެއް އަޅައިފައިވާ ކަމަށް އެފަރާތުން ހާމަކުރެއެވެ.

ގުޅިފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް މީނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށްވާ ގޮތަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!