ޚަބަރު

ގަޑިއިރެއްހައި އިރު ތެރޭ ތިން އެކްސިޑެންޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ރޭ 10:45އިން 00:00އާ ހަމަޔަށް ސިނަމާލެ ބްރިޖްމަތީގައި ތިން އެކްސިޑެންޓު ހިނގައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ، އެކްސިޑެންޓު ހިނގައިފައި ވަނީ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށާއި، އަނެއް ދެ އެކްސިޑެންޓު ހިނގައިފައި ވަނީ ދެ ކާރެއް ޖެހިގެން ކަމަށެވެ.

މި ތިން އެކްސިޑެންޓުގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އުޅަނދުތަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ރޭ ހުޅުމާލޭގައި ވަނީ އައު އަހަރު ފާހަގަ ކުރުމަށް ޝޯއެއް ބާއްވައިފައެވެ. އަދި ހަވާއެރުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔައެވެ. ގިނަ ބަޔަކު ހުޅުމާލެއަށް ދިއުމުގެ ސަބަބުން އެތައް އިރެއް ވާންދެން ޓްރެފިކް ޖޭމްވެފައި ވެސް ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!