ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދަކީ އެމްޑީޕީގެ ވަޢުދެއް: ވައްޑެ
ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ ވަޢުދަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ވަޢުދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ މުޅިން އަލަށް ރާއްޖޭގައި ފެށި "ހޯމް ސްޓޭ" ޓޫރިޒަމް މ.އަތޮޅު ދިއްގަރުގައި އިއްޔެ ހުޅުވުމާ ގުޅިގެންނެވެ. ދިއްގަރުގައި "ހޯމް ސްޓޭ"ގެ ފުރުސަތު ހޯދައިފައި ވަނީ މޫރިތި ގެއިންނެވެ.
މިކަމާއި ގުޅިގެން ވައްޑެ ވިދާޅުވީ ހޯމްސްޓޭ ވިޔަފާރިއަކީ ސީދާ އެމްޑީޕީގެ ސިޔާސަތެއް ކަމަށެވެ. އަދި ދިރިއުޅޭ ގެއިން އާމްދަނީއެއް ނެރެވޭނެ މަގު ހުޅުވައިލަދިނުމަކީ ވެސް އެމްޑީޕީން ވީ ވަޢުދެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމްސްޓޭ ވިޔަފާރި ޕްރޮމޯޓް ކުރުމަށް ފަރުދީގޮތުން އެންމެ ބޮޑު މަސައްކަތެއް ކުރި އެއް ބޭފުޅަކީ ޢަބްދުالله ރަޝީދުކަމަށް ވުމުން އޭނާއަށާއި އެމްޑީޕީއަށް ވައްޑެ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ދިއްގަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި "ހޯމް ސްޓޭ" ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުސޫމެވެ. ހޯމް ސްޓޭއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކޮށްފައި ވަނީ ސޫދާނަށް ނިސްބަތްވާ ދެމަފިރިއަކާއި އެމެރިކާއަށް ނިސްބަތްވާ ދެފަތުރުވެރިއެކެވެ.
ބަލަގަ މިހިރަ މަރމޯލާ! އިސްލާމް ދީނަކީ ބޭނުން ގޮތަކަށް ކުލެވޭ އެއްޗެއް ނޫނޭ. ދަރިންގެ ތަކެތި ބަހައްޓާ އައިސް އަލަމާރީގައި ހަރުބީ ކާފަރުގެ ރާފުޅިއާއި ނިވާކަން ކުޑަކޮށް އުޅޭމަންޒަރު ތުއްތު ދަރިފުޅަށް ފެންނަން ބޭނުންވާނެތަ؟ ކޯލް ގާލްސް ވެސް ބޭނުމެއް ނުވާނެ އޭނަގެ ދަރިފުޅު އެކަން ކުރާކަށް. ތިޔަ ހިތްވަރު ދެނީ މީހުންގެ ކުށެއް ނެތް މައުސޫމުންގެ އާޚިރަތް،ނަގާލުމަށް. ތިޔަގޮތަށް ތަހައްދީ ކުރި ޢާދު ބާގާ މީހުނާއި، ސަދޫމުގެ މީހުނާއި، ފިރުއައުނާއި، ހާމާނު، އަދި ފީލް ބާގާ މީހުން ހިއްޕެވި ގޮތް އިބުރަތަކަށް ނުވޭތަ؟ މިބައިމީހުނަށް ވެސް ފަސާދަ ކުރާނެ ދުވަސްކޮޅެއް ދެއްވެވި. ﷲ ގެ ހިއްޕެވުން ގަދަ ފަދަ! ބިރުވެތިވޭ. އިސާހިތަކު ތިޔަ މިޖިލީހުގެ މެމްބަރުކަން ގެންދަވައި ނިކަމެތި ކުރައްވަފާނެ. ބޮޑާނުވޭ.