ކޮވިޑް-19 އިތުރުވާތީ މިސްކިތްތަކަށް ދާއިރު ސަމާލުވުމަށް އެޗްޕީއޭއިން އަންގައިފި

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، މިސްކިތްތަކަށް ދާއިރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.
އެޗްޕީއޭ އިން މިފަދަ އެންގުމެއް އަންގައިފައި ވަނީ، މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ހުއްދަ ދިނުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޕީއޭއަށް އަމާޒުވެފައި ވަނިކޮށެވެ.
މިއަދު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މިސްކިތްތަކަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. "ކުޑަބަދަލަކުން" ނަމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންކޮށްދޭ ސީރީސްގެ ދަށުން މިއަދު ކުރި ޓްވީޓްގައި އެޗްޕީއޭއިން ވަނީ މިސްކިތަށްދާ ފަރާތްތައް ސަމާލުކަން ދޭންވީ ހަތަރު ކަމެއް ފާހަގަ ކޮށްފައެވެ.
މިގޮތުން، ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުޞައްލައެއް ގެންދިއުމަށާއި ސަލާމް ކުރުމާއި މިސްކިތުގައި ގިނަ ވަގުތު ހޭދަނުކޮށް، ނަމާދުކޮށްގެން ގެއަށް ދިއުމަށް ވަނީ އިރުޝާދު ދީފައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މިގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 300އަށް ވުރެ ގިނަ މީހުން ބައްޔަށް ވަނީ ފައްސިވެފައެވެ.
އިެޗްޕީއޭ އަކީ ސިއްހީ ކުޅިޔަށްވުރެން ބޮޑަށް ސިޔާސީ ކުޅިކުޅޭ ބަޔެއް ކޮވިޑަކީ ސަރުކާރު ބޭނުންވީމާ ފެނިގެއްލިދާ އެއްޗެއް، އިދިކޮޅުގެ ސިޔާސީ ހަރަކާތް ގަދަވާއިރަށް ކޮވިޑް ފެންނާނެ، ސަރުކާރުގެ ހަފުލާތަށް ބައްވަން ކޮވިޑަޑް ގެއްލިދާނެ !