ދުނިޔެ

ކޮވިޑް ޖެހިގެން ދެމަފިރިން މަރުވީ އެއްދުވަހަކު!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަ ނުކޮށް ތިބި ދެމަފިރިއަކު އެއްދުވަހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

Ads by WAMCO

ދެކުނު ކެލިފޯނިއާގެ ލޯމާ ލިންޑާގައި ދިރިއުޅުނު އަލްވާރޯއާއި ސިލްވިއާ ފެނާންޑޭޒް މަރުވީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދެމީހުން މަރުވީ ގަޑިއެއްހާ އިރުގެ ތެރޭގައި ކަމަށް އާއިލާއިން ބުނެއެވެ.

ފެނާންޑޭޒް، 44، ކޮވިޑް ވެކްސިން ނުޖެހީ އިތުރަށް ރިސާޗްކުރުމަށް ފަހު ޖެހުމަށެވެ. އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ އަލްމާ ހެނާންޑޭޒް ބުނީ އޭނާ ބޭނުންވީ އިތުރު ދިރާސާތައް ކުރަން ކަމަށާއި އަބަދުވެސް ވެކްސިންގެ މަޢުލޫމާތު ގޫގުލް މެދުވެރިކޮށް ކިޔާ ކަމަށެވެ. އެހެން ނަމަވެސް ވެކްސިން ޖެހުމާ އޭނާ ދެކޮޅު ހަދާ ކަމަށް އަލްމާ ބުންޏެވެ. މި ހާދިސާއަށް ފަހު އަލްމާ ހެނާންޑޭޒް ވަނީ އެންމެން ވެސް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. 

"މިއީ އަޅުގަނޑުގެ އާއިލާގެ ހުރިހާ އެންމެންގެ ލޯތައް ހުޅުވޭ ކަހަލަ ކަމެއް، ވެކްސިން ނުޖަހާ ތިބި އެންމެން އަވަހަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރަން" ފޭނާންޑޭޒްގެ ދައްތަ އަލްމާ ބުންޏެވެ. 

އަލްމާ ހެނާންޑޭޒް ބުނީ އޭނާގެ ބޭބެއަށް ސިއްހީ އެކި މައްސަލަތައް މީގެ ކުރިން ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ޑައިބެޓީސް ވެސް ހިމެނޭ ކަމަށް ބުންޏެވެ. އަދި އަލްވާރޯއަކީ ވެސް ޑައިބެޓީސް ހުންނަ މީހެއް ކަމަށް އޭނާ ބުންޏެވެ. 

އަލްވާރޯއާއި ސިލްވިއާފެނާންޑޭޒް ކައިވެނިކޮށްގެން އުޅޭތާ 25 އަހަރު ވަނީ ވެފައެވެ. އެދެމީހުންނަކީ ހައި ސްކޫލުން ފެށިގެން އެކީގައި އުޅުނު ދެމީހުންންނެވެ. އެ ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވާއިރު އޭގެ ތެރޭގައި 17 އަހަރުން ދަށުގެ ކުދިން ވެސް ހިމެނެއެވެ.

ކެލިފޯނިއާގައި ކޮވިޑް-19ގައި ހާލުދެރަވެ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 12 ޕަސެންޓަށް އިތުރުވެފައެވެ.

  1. ޥެކްސިން ނުޖަހައިގެން މަރުވި މީހެއްކަމައް ހަދާ ގޮތައް ވެކްސިން ޖަހައިގެން މަރުވާމީހުންގެ ޚަބަރުތައްވެސް ތިގޮތައް ގެނެސްދޭނަމަ ވަރައް ރަނގަޅުވީސް