ޓްވީޓް ކުރެވުނީ އޮޅިގެން ކަމަށް ބުނެ ޖެންޑާ އިން މައާފަށް އެދިއްޖެ

އިންޑިއާ މިލިޓަރީ ބޭރުކުރުމަށް ގޮވައިލައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް ދޫކޮށްލި ޚަބަރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޓްވީޓް ކުރެވުނީ އޮޅިގެން ކަމަށް ބުނެ، އެ މިނިސްޓްރީން މައާފަށް އެދިއްޖެއެވެ.
ރޭ ޖެންޑާ މިނިސްޓްރީން ވަނީ ދެ ޓްވީޓެއް ކޮށްފައެވެ. އެއީ ނަރީޝް ހައްޔަރުން ދޫކޮށްލި ޚަބަރުގެ ޓްވީޓްގެ އިތުރުން ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމާ ގުޅިގެން ކުރި ޓްވީޓެކެވެ.
މި ރޭ ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި މިނިސްޓްރީގެ ޓްވިޓަރ ހޭންޑަލްއިން ކުރި ޓްވީޓްތަކަކީ، މުވައްޒިފަކަށް އޮޅިގެން ކުރި ޓްވީޓެއް ކަމަށެވެ. މިކަމަށް މައާފަށް އެދެމުން، މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަޤީންކަން ވެސް އެ މިނިސްޓްރީން ދިނެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓުގެ ސްކްރީންޝޮޓެއް

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓުގެ ސްކްރީންޝޮޓެއް
"ރޭގެ ވަޤުތެއްގައި މި މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓަކީ މުވައްޒަފަކަށް އޮޅިގެން ކުރެވިފައިވާ ޓްވީޓެކެވެ. މިކަމަށް ނިހާޔަތަށް މަޢާފަށް އެދެމުން، މިފަދަ ކަމެއް ތަކުރާރު ނުވާ ފަދަ ފިޔަވަޅުތަކެއް މިހާރު އަޅައިފައިވާާނެ ކަމަށް ދަންނަވަމެވެ." މިނިސްޓްރީގެ ޓްވީޓްގައި ވިދާޅުވިއެވެ.
މި ޓްވީޓްތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޖެންޑަރ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.
ތިޔައޮތީ ވަރަށް ބޮޑަށް އޮޅިފައެވެ