ޚަބަރު ސިޔާސީ

ފައްޔާޒްގެ ސުވާލެއް ރައްޔިތުންނަށް: މި ސަރުކާރު ހަމަ ސްލޯ ތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ފައްޔާޒް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް، ގިނަ ރަށްތަކެއްގައި މިހާރު ވެސް ހިނގަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރު ސްލޯ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ސަރުކާރުން މިހާރު ކުރަމުންދާ ގިނަ މަޝްރޫއުތައް ވިދާޅުވެ ދެއްވައިފައެވެ. އަދި ފާއިތުވި ސަރުކާރުތަކުން މިކަންތައް ނުކޮށްދީވަނީ ކީއްވެތޯ، ފައްޔާޒް ސުވާލު އުފެއްދެވިއެވެ.

"ރާއްޖޭގައި އޮތީ 186 ރަށެއް. ރައީސް ވިދާޅުވެއްޖެ 100 އެއްހައި ބަނދަރު މި ތިން އަހަރުގެ ތެރޭގައި ކުރިޔަށްދާ ވާހަކަ. އަޅުގަނޑުމެންނަށް އަޑު އެބައިވޭ، 100އަށް ވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާ ކުރިޔަށްދާ ވާހަކަ. 100 ދަނޑުގެ ވާހަކަ އަޑު އިވިއްޖެ. އެތައް އިންޖީނު ގެއެއް އެޅި، ނުވަތަ ބަދަލު ކުރުމުގެ ވާހަކަ އެބަ އިވޭ. އެތައް ސްކޫލުތަކެއް އެޅި، އެތައް ކްލާސްރޫމްތަކެއް އެޅި، އެތައް މިސްކިތްތަކެއް އެޅި، މިފަދަ އެތައް ބައިވަރު އެތައް އުމްރާނީ ތަރައްޤީތަކެއް މި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކުރެވޭ ވާހަކަ ނުދައްކަނީ." ފައްޔާޒް ވިދާޅުވިއެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއުތަކަށް އަލިއަޅުއްވައިލަމުން ފައްޔާޒް ވިދާޅުވީ، ގައިންތާހިރުވުމުގެ ކަންތައް ފެށުނީ އަދި ކިރިޔާ ކަމަށެވެ. އަދި އިދިކޮޅުން، މި ސަރުކާރު ސްލޯ ކަމަށް ބުނަމުންދާއިރު، ސަރުކާރުގެ ގިނަ މަޝްރޫއުތަކާ ހަވާލުވެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ކުންފުނިތަކުން ކަމަށް ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

"ސްލޯއޭ ވިދާޅުވާއިރުގައި މިއިން ގިނަ މަސައްކަތް ހަވާލުވެގެން ތިބީ އެ ބޭފުޅުންގެ ކުންފުނިތަކުން، އަޅުގަނޑުމެންގެ ސަރުކާރަކުން ނުބަލަން މަސައްކަތް ހަވާލު ކުރުމުގައި އަޅުގަނޑުމެންގެ ވާދަވެރިންނަށްތޯ، އެމްޑީޕީއަށްތޯ. އަޅުގަނޑުމެން ބަލަނީ ޙައްޤު ގޮތުގައި ހުރިހާ ދިވެހި ރައްޔިތުން ބައިވެރިކޮށްގެން އެކަންތައް ކުރުން" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި ނުކުރެވި ހުރި އުމްރާނީ އެތައް ކަމެއް މުޅި ދުނިޔެ ހުއްޓުމަށް އައިސްފައި ވަނިކޮށް، މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ.

އަދި މުޅި ދުނިޔެއަށް ބަނޑުހައިހޫނުކަމާއި ދަތި ވަގުތުތަކުގައި ވެސް ދިވެހިންނަށް އެކަން ތަހައްމަލު ކުރިޔަށަ ނުދީ ސަރުކާރުން ރަނގަޅު ފިޔަވަޅުވަޅުތަކެއް އެޅުއްވި ކަމަށް ފައްޔާޒް ވިދާޅުވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށްތޯ، ބަނޑުހައިހޫނުކަން މި ދުވަސްވަރުގައި ތަހައްމަލް ކުރަން ޖެހުނީ." ފައްޔާޒް ވިދާޅުވީ، އެއީ ލީޑަރޝިޕް ރަނގަޅު ވެރިޔަކާއި ރަނގަޅު ޓީމެއްގެ ބުރަ ނިންމުންތަކެއް ކަމަށެވެ.

"ހިކުމަތްތެރިކަމާ އެކު، ކަންކަންކުރުމުގެ ޤާބިލްކަމާއި ވިސްނުންތެރިކަމާއި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމުން"

ސަރުކާރުގެ ބައެއް އިތުރު މަޝްރޫއުތަކަށް އަލި އަޅުވާލަމުން، މިނިވަމް ވޭޖާއި އިންޓަނެޓް އަގު ހެޔޮ ކުރުމުގެ ވާހަކަ ފައްޔާޒްގެ ވާހަކަފުޅުގައި ދެއްކެވިއެވެ. އަދި އެ ދެކަމަކީ، ގިނަ ސަރުކާރުތަކަށް ނުކުޅެދިފައި އޮތް ކަމެއް ކަމަށާއި ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުން އެކަންތައް ކުރެއްވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އެއްގޮތަަކަށް ނުކުރެވި އޮތް ކަމެއް ރައީސް އެ ކޮށްލެއްވީ. އަދިވެސް ބުނާނެ ސްލޯއޭ. ކަމެއް ނުކުރެވޭ."

ފައްޔާޒްގެ ވާހަކަފޫލުގައި އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙަކީ މަސައްކަތްތެރިންގެ ޙައްޤުގައި، އަދި ވިޔަފާރިވެރިންގެ ޙައްޤުގައި އެތައް ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން ހުރި ވެރިއެއް ކަމަށާއި އިންޤިލާބީ އިތުރު ބަދަލުތައް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ފެންނާނެ ކަމަށެވެ. މިގޮތުން ކައިރި މުސްތަޤްބަލެއްގައި ޑޮލަރު އަގު ހެޔޮ ވެގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

  1. ޢަވާމެނދުރު

    ކޮބާތަހަލުވިވެފަ މާގަދުމަސަތކަތަކީ ޔާމީނުއާދެނވެސްތިބިއިދިކޮޅުމީހުންގެ ކުށެންއޮތްތޯބަލާ ނެތަސްއެމީހުންގެފަހަތންނުނެއްޓިފަހަތުއަޅުވާލާގެންއުޅުމާ ގައުތަކުން ލޯނަކަންފަހު ލޯނެއްނެގުން މޭތާކުރިއެރހމަކީ

    • ބުރޮޮ

      ލިޔާ ލިޔުމުންވެސް އެބައިނގޭ ތީ ހަމަ ޔާމިނުގެ ވަގު ވިސްނުމުގެ ވަގެއްކަން

  2. ާވަހީދުބެ

    ސުލޯކަމުގެ އިންތިހާ 3 އަހަރުން 10 ޕަސެންޓް ވައުދު…

  3. ނުރަބޯ

    ނޫނޭ ސަރުކާރުގެ އިސްޕީޑު ބާރު ކަމުން ކަލޭމެން ތިޔަ ތިބެނީ އަނގަވަތަށް ވެއްޓިފަ.

  4. ާސޮޕް

    ާބަލަ ތިސުބާލު ކުރިމަ ކުރުވީ މޮޔަކަމުން ހަމަ ހަބޭސަ ސްލޯ