ޚަބަރު

އިދިކޮޅު މުޒާހަރާއިން ބަންދުރި މީހުން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅުން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހިނގާލުމުގެ ތެރެެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

އިއްޔެ އިދިކޮޅުން ބޭއްވި "އިންޑިއާ އައުޓް" ހިނގާލުމުގެ ތެރެއިން ފުލުހުން ވަނީ 29 މީހެއް ހައްޔަރު ކޮށްފައެވެ. މީގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު ފުލުހަކަށް ހަމަލާދީފައިވާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގައި މީހުން ހައްޔަރު ކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. ބައެއް މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ފެންނަ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

Ads by Ooredoo
  1. ޙަސަނާ

    ކެނެރީގޭ ކަލޭގެ މާރިޔާ ގާތުގައި ބުންޏެއްނު، ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދާށޭ. އެކަލޭގެ ބުނާ ގޮތަކަށްނު، މި ގައުމުގައި މީހުން އުޅޭނީ.