ޚަބަރު ސިޔާސީ

ކިންގް ސަލްމާން މިސްކިތް ނުހުޅުވިގެން އުޅެނީ އިންޑިއާއާ ހެދި: ސައީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސަލްމާން މިސްކިތް / ފޮޓޯ: ދެން އިމޭޖްސް

ސައުދީން ފަންޑްކޮށްގެން މާލޭގައި އަޅައިފައި ކިންގ ސަލްމާން މިސްކިތް ނުހުޅުވިގެން އުޅެނީ އިންޑިއާއާ ހެދި ކަމަށް ދޭހަވާ ގޮތަކަށް ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވާހަކަފުޅު ދައްކަވަައިފިއެވެ.

Ads by MWSC

މިރޭ އޮތް ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް ޔާމީން ނިންމެވީ ކިންގ ސަލްމާންގެ މިސްކިތުގެ ތިރީގައި، ދީނީ ރިސާޗް ހެދޭ، ޤުރުއާނާ ބެހޭ ސެންޓަރެއް ޤާއިމް ކުރަން ކަމަށެވެ. ނަމަވެސް އިންޑިއާއިން މިކަން ކުރަން ބޭނުންނުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

"އިންޑިއާއަކުން ބޭނުމެއް ނުވި އެ ސެންޓަރު ހަދާކަށް. އިންޑިއާއިން ބޭނުންވީ ރީޖަނަލް އެންޓި ޓެރެރިޒަމް ސެންޓަރަކަށް އެ މިސްކިތުގެ ތިރި ބަދަލު ކުރަން. ދީނީ ހައްދު ފަހަނަ އެޅި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ ތަނަކަށް ހަދަކަން، މިއީ މާލޭގައި ހުރި އެންމެ މުޤައްދަސް ތަނުގެ ހުރުމަތް ކަނޑާލުން ނޫންތޯ" ސައީދު ވިދާޅުވިއެވެ.

Mohamed Saeed, PPM, PNC

މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު -- ދެން އިމޭޖްސް

ކިންގް ސަލްމާން މިސްކިތް ހުޅުވަން ގިނަ ތާރީޚްތަކެއް ސަރުކާރުން ވަނީ ދީފައެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މިސްކިތް ހުޅުވުން އެކި ފަހަރުމަތިން ވަނީ ފަސްކޮށްފައެވެ.

ސައީދުގެ ވާހަކަފުޅުގައި، ރޭ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ދެއްވި ވާހަކަފުޅަށް ވެސް ރައްދު ދެއްވިއެވެ. ރޭ ފައްުޔާޒް ވަނީ ސަރުކާރުން ހިންގަމުން އަންނަ ތަރައްޤީގެ ބައެއް ޕްރޮޖެކްޓްތަކުގެ ވާހަކަފުޅާ އެކު ސަރުކާރު ސްލޯތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ސަޢިދު ވިދާޅުވީ، "ރައީސް ޞާލިޙްގެ ސްޕީޑް ސްލޯ" ކަމަށާާއި "ރައީސްގެ ވިސްނުންފުޅު އުޅެނީ މާ ބޮޑަށް ފަހަތުގައި" ކަމަށެވެ.

ސަރުކާރުން އެއަރޕޯޓް މަޝްރޫއުގައި ލަސްތައް ހުރިކަން ފާހަގަ ކުރައްވަމުން ސައީދު ވަނީ، ޓާމިނަލްތައް ނުހުޅުވި ހުރީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!