އެކްޓަރު އަދި ޕްރޮޑިއުސަރު ރަމޭޝްބާބޫ މަރުވެއްޖެ

އެކްޓަރު އަދި ޕްރޮޑިއުސަރު ރަމޭޝް ބާބޫ މަރުވެއްޖެއެވެ.
މެއާ ގުޅުން ހުރި ބަލިތަކެއްގެ ސަބަބުން އޭނާ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މަރުވިއިރު އޭނާގެ އުމުރުން 56 އަހަރެވެ.
ރަމޭޝްއަކީ ތަޖުރިބާކާރު ޓެލުގޫ ސުޕަސްޓާ ކްރިޝްނާއާއި މަހޭޝް ބާބޫގެ ބޭބެގެ ދޮށީ ފިރިހެން ދަރިއެވެ.
އޭނާގެ ގޭގައި ބަލިކޮށް އުޅުމަށް ފަހު އިތުރަށް ހާލުދެރަވެ ހޮނިހިރު ދުވަހުގެ ހަވީރު ހައިދަރުއާބާދުގެ އޭއައިޖީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ ހޭނެތިފައިވާ ހާލުގައެވެ.
ރަމޭޝް ބާބޫ އޭނާގެ އެކްޓިންއަށް ނިކުތީ އުމުރުން 12 އަހަރުގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައެވެ. ސޯލޯ ހީރޯއެއްގެ ގޮތުގައި އޭނާ ކުޅުނު ފުރަތަމަ ސޯލޯ ފިލްމަކީ ސަމްރާތު (1987) ފިލްމެވެ. އެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ކްރެޑިޓުގެ ގޮތުގައި 15އަށް ވުރެ ގިނަ ފިލްމު ހުރިއިރު ބާބޫ އެކްޓިންއިން ރިޓަޔާވެފައި ވަނީ 1997ވަނަ އަހަރު ޕްރޮޑިއުސަރަކަށް ބަދަލުވުމަށެވެ.
ރަމޭޝް ބާބޫ ވަނީ ކްރިޝްނާ ޕްރޮޑަކްޝަންސް ބެނާގެ ދަށުން މަހޭޝް ބާބޫއާ އެކު އަރްޖުންއާއި އަދިތީ ފިލްމު ޕްރޮޑިއުސްކޮށްފައެވެ.