ބޮލީވުޑް

ބޫލްބުލައްޔާގެ ދެވަނަ ބައިން ވިދްޔާ ނުފެންނާނެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ވިދްޔާ ބާލަން

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އަދި ބިރުވެރި ފިލްމު ބޫލް ބުލައްޔާގެ ދެވަނަ ބައެއް ހަދަން ތައްޔާރުވަމުން ދާއިރު އެ ފިލްމުން ވިދްޔާ ބާލަން ނުފެންނާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

Ads by Sosun Fihaara

މީގެ 15 އަހަރު ކުރިން 2007ގައި ނިކުތް ބޫލް ބުލައްޔާގައި ވިދްޔާ ކުޅުނު މޮންޖުލީކާގެ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެ ފިލްމުގެ މުހިއްމު ރޯލުތަކުން ވިދްޔާގެ އިތުރުން އަކްޝޭ ކުމާރާއި އަމީޝާ ޕަޓޭލް އަދި ރާޖްޕާލް ޔާދަ ވެސް ފެނިފައިވެއެވެ.

ބޫލް ބުލައްޔާގެ ދެވަނަ ބައިން ފެންނާނީ ކާރްތިކް އާރްޔަންއާއި ކިއާރާ އަދްވާނީ އަދި ތާބޫއެވެ. މި ފިލްމު މި އަހަރުގެ މާޗުގައި ރިލީޒް ކުރަން ވަނީ ނިންމައިފައެވެ.

ވިދްޔާ މަސައްކަތްކޮށްފައިވާ ފިލްމުތަކުގައި އޭނާ އަދާކުރި ރޯލުތަކަށް ބެލުންތެރިންގެ ބޯޑު ތައުރީފެއް ލިބިފައިވެއެވެ. ކުޑައިރުން ފެށިގެން ފިލްމުތަކުގައި މަސައްކަތް ކުރަމުން އަންނަ ވިދްޔާ، ބޮލީވުޑަށް މެއިން ކެރެކްޓާއެއްގެ ގޮތުގައި ތައާރަފުވީ 2005ގެ ފިލްމު ޕަރިނީތާއިންނެވެ. އެ ފިލްމުގައި ވިދްޔާ މަސައްކަތްކުރީ ސައިފް އަލީ ހާންއާ އެކުއެވެ.

އިންޑިއާގެ ގައުމީ ފިލްމު އެވޯޑާއި ހަ ފިލްމު ފެއާ އެވޯޑު ވެސް ހޯދާފައިވާ ވިދްޔާ އެންމެ ފަހުން ފެނިފައި ވަނީ އެމެޒަން ޕްރައިމްގައި ރިލީޒްކުރި ފިލްމު ޝޭރްނީއިންނެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!