ޚަބަރު

ވެކްސިން ޖަހަން ގޮސް ތިބި މީހުންނަށް ހިޔާވާނެ ގޮތް އުރީދޫން ހަދައިދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ވެކްސިން ބޫސްޓަރު ޑޯޒް ޖަހަން ގޮސް ތިބި މީހުންނަށް ހިޔާވާނެ ގޮތަށް ވެކްސިން ޖަހާ ސެނެހިޔާ ސެންޓަރު ކައިރީ އުރީދޫ މޯލްޑިވްސްއިން ޓެންޓް ޖަހައިފިއެވެ.

Ads by Sosun Fihaara

18 އަހަރުން މަތީގެ މީހުންނަށް މިއަދު ވެކްސިން ބޫސްޓަރު ޑޯޒްތައް ޖަހަން ފެށިއިރު، ވެކްސިން ޖެހުމަށް ގިނަ ބަޔަކު ވަނީ ކިއުގައި ޖެހިފައެވެ. މާލޭ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިޔަށް ގެންދަނީ އޮންލައިންކޮށް އެޕޮއިންޓްމެންޓް ދީގެންނެވެ. އެހެން ނަމަވެސް ވެކްސިން ޖަހަން ފެށުމާ އެކު ފެނުނީ ކިއު ދަމައިލި ތަނެވެ.

ބޫސްޓަރު ވެކްސިން ޖެހުމުގެ އިންތިޒާމުތައް ވަރަށް ގޯސް ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ސޯސަލް މީޑިއާގައި ޚިޔާލު ފާޅު ކުރަމުންނެވެ. އަދި އަވީގައި ކިއުގައި ހުންނަން ޖެހޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

އުރީދޫއިން ޓެންޓް ޖެހުމުން އުރީދޫއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އޮންލައިން ނޫހަކަށް ހެލްތު މިނިސްޓްރީން ވިދާޅުވީ، ބޫސްޓާ ޑޯޒް ޖަހަން މިއަދު ފުރަތަމަ ފެށި އިރު ލަސްވާން މެދުވެރިވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ކޮވިޑް-19 ވެކްސިން ބޫސްޓަރު ޖެހޭނެ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ނުރައްކާ ވަރަށް ބޮޑުވެފައިވާއިރު، މިހައިތަނަށް ރާއްޖެއިން މި ބަލި 101،418 މީހަކަށް ޖެހިފައިވެއެވެ.

ރާއްޖެއިން މިހައިތަނަށް 29،082 މީހަކު ވެކްސިން ތިން ޑޯޒް ހަމަކޮށްފައިވާކަން ފާހަގަ ކޮށްލެެވެވެ.

Ads by HDC
  1. ހަހަ އާމިނަ

    އެޔަކީ ވެކްސިން ކިޔު އެެއްނޫން. ހަހަހާ .

  2. ޢަހަންމާ

    ދޯހަޅި ސަރުކާރަށް ނުވާނެ. ޝުކުރިޔާ އޫރިދޫ

  3. ދިދަ ދަނޑި

    ދޭހާ އަތްވެއްގަ ވެހޭހާ ވާރެއެއްގަ ރަތްޔިތުން.. ސަރުކާރު އުޅެނީ ގޮނޑި ހޯދުމައިގެން… ޝުކުރިއްޔާ އުރީދޫ

  4. ނާޒިމް

    ތިޔައީ ކޮވިޑު ޓެސްޓު ހަދަން އޮއިކިއޫ ނޫންތޯ ކޮވިޑުވެކްސިން ޖަހަނީ އާމުކޮން ސެނަހިޔާ ހޮސްޕިޓަލު ފަޅިން ތިޔަ ކަން ސާފު ކޮށްލުން ބުދިވެރި