ޚަބަރު ސިޔާސީ

ކެންޕެއިން ޖަލްސާގެ ތެރެއިން މޫކޭ ބޭއަދަބީ ވާހަކަ ދައްކަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ށ. ކޮމަންޑޫގައި ކުރިޔަށް ދިޔަ ޖަލްސާގައި، ޕީޕީއެމްގެ ކެނޑިޑޭޓަށް އަމާޒުކޮށް، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މޫސާ އަލި މަނިކު (މޫކޭ) ބޭއަދަބީ ވާހަކަތަކެއް ދައްކަވައިފިއެވެ.

Ads by MWSC

ރޭގެ ޖަލްސާގައި މޫކޭ ވިދާޅުވީ، އެމްޑީޕީން ބައިއިލެކްޝަން ކާމިޔާބު ކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ، ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތް ކުރަން ކަމަށެވެ. މޫކޭ ވިދާޅުވީ، ރައީސް ޔާމީން "ދަށުން ދަމާ" ކުޅޭ އިރު މޫސާ ފަތުހީ ބައިންދަވަނީ ޖޯކަރު ދެއްވައިފައި ދޮރާށި ބުޑުގައި ސެކިއުރިޓީއަކަށް ކަމަށެވެ. ދެ ރަށުން ފަތުހީ "އެ ހާލުގައި" އިންދާ ދިމާވި ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ، ކެނޑިޑޭޓަކާ ދޭތެރޭ ކަންތައް ކުރާ ގޮތް ފެނިފައި ދެރަވާ ކަމަށެވެ. އަދި އޭގެ ފަހުން ބޭއަދަބީ ވާހަކަފުޅެއް ވިދާޅުވިއެވެ.

"އަބްދުﷲ ޔާމީނަށް ފަތުހީ މިތަނުން ހޮވައިގެން ފަތުހީކޮށްދެން ވެސް އޮތީ އެއްކަމެއް،  އެއީ އައުޓް ކޮށްދިނުން" މޫކޭ މިހެން ވިދާޅުވުމުން ޖަލްސާގައި ތިބި މީހުންވަނީ މޫކޭއަށް ތަރުހީބު ދީފައެވެ.

އެމްޑީޕީގެ ކެންޕެއިން ޖަލްސާތަކުގެ ތެރެއިން ބައެއް ބޭފުޅުން ފަހަކަށް އައިސްދަނީ ބޭއަދަބީ ވާހަކަ ދައްކަވަމުންނެވެ. މިގޮތުން، އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ވަނީ ބޭއަދަބީ ވާހަކަ ދައްކަވައިފައެވެ. މިގޮތުން ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އެއަރޕޯޓް ނޭޅޭނެ ކަމަށާއި ޔާމީނަށް "އަމާ އެޅޭނީ" ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނަ ތާރީޚް ކައިރިވަމުންދާއިރު، ތިން ޕާޓީން ވެސް ގެންދަވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވަމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން ދެން ވާދަ ކުރަނީ ޕީޕީއެމް އަދި އެމްއެންޕީންނެވެ.

Ads by Allied Insurance
  1. ޫކމޫކުނި

    އެ އެއްޗަކުބްް ނުކުންނާނީ އެ އެއްޗެއްި ހުރި އެއްޗެއްދޯ. އެމްޑީޕީގަ ނޫޅޭނެ ލަދު ހަޔާތް ހުރި އެކަކުވެސް

  2. ސުރޯ

    ތިޔަ ގޮަލާ އަކީ މަށަށް ހީވަނީ އޭގެ މީހެއްެހެން
    ހަޔާތްުޑަކަމުން އަދި ރައީސް ޔާމީނާ އެބަ ބެހެއެއްނު. އިރާދަ ކުރެއްވިއްޔާ އަހަރެމެން ގޮނޑި ވެސް ދޭނީ ޔާމީނަށް
    ލޯކަނުތަ ކަލޭމެން. މި ރަށަށް ވުރެ ބޮޑު ތިން ރަށް ވަރު ތަނެއް ހިއްކައި އަހަރެމެން ބާރުބެރިކުރީ ޔާމީން. ދެ ކޮމަންޑޫ ގުޅުވާނެ ކަމެއް ނެތް ކޮންމެހެން