ދެ ދުވަސް ތެރޭގައި ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވަނީ

ބ. ކުޑަރިކިލު ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް، ދެ ދުވަސް ތެރޭގައި އެ ރަށަށް ޑޮކްޓަރެއް ފޮނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ސަބަބުން، އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ އެކަމާ ނުރުހުން ފާޅުކޮށް، އެ މަރުކަޒުގައި މިއަދު ވަނީ ބޮޑުތަޅު އަޅުވައިފައެވެ.
އެކަމާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް، އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އާންމުން ނުކުމެ މުޒާހަރާކޮށްފައިވާ ކަމަށެވެ.
"ޑޮކްޓަރެއް ގެނެވޭތޯ ކުރަން ޖެހޭ ކަންތައްތައް ކައުންސިލްގެ ފަރާތުން ކުރަމުން މިދަނީ" ހަންނާން މިއަދު ވިދާޅުވެފައިވެއެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޑަރިކިލަށް ޑޮކްޓަރެއް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި ދެ ދުވަސް ތެރޭގައި އެ ރަށަށް ޑޮކްޓަރެއް ފޮނުވާނެ ކަމަށެވެ.
ެ ހޭ މިސަރުކށރުން އާއްމުންނަށް ޚިދުމަތެއްވެސް ހޯދަން މި ޖެހެނީ ހަޅޭއް ފަޅޭއް ލަވައިގެން އުތަ!!