ސިޔާސީ

އެހެން ބަޔަކު މިކަމާ ނޫޅޭ، ގޮނޑި ހަންނާނަށް ލިބިއްޖެ: ޝިދާތާ

  • ޝިދާތާ ވިދާޅުވީ ބައްދަލުވާ ކޮންމެ މީހަކުވެސް ހަންނާނަށް ވޯޓު ދޭނެ ވާހަކަ ބުނާ ކަމަށް،.
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ހަންނާނުގެ ވައުދުތައް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ އެމްއެންޕީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށް އެހެން ބަޔަކު އުޅޭނެ ކަމެއް ނެތް ކަމަށާއި، އެ ގޮނޑިއަކީ މިހާރު ވެސް އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް ނަގައިފައިވާ ގޮނޑިއެއް ކަމަށް އެމްއެންޕީގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އޭނާ މިހެން ވިދާޅުވީ، އަންނަ މަހުގެ 05 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނުގެ ވައުދުތައް ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަަކައިގައެވެ.

ޝިދާތާ ވިދާޅުވީ އެމްއެންޕީން ކުރަމުންދާ މަސައްކަތް އެހެން ބަޔަކަށް ނުކުރެވޭ ކަމަށެވެ. އެ މަސައްކަތް ނުކުރެވޭތީ އެޕާޓީގެ އޯނަރޝިޕް ނެގުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް މަސައްކަތް ކުރައްވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ޝިދާތާ ވިދާޅުވީ އެކަމެއް ނުވާނެ ކަމަށާއި، އަބްދުއްރަހީމް އިންދަވާ އޮށެއްގެ ގޮތްޕަކަށް އެމްއެންޕީއެއް ނުވާނެ ކަމަށެވެ.

ޝިދާތާގެ ވާހަކައިގައި ކޮމަންޑޫ ދާއިރާއަށް ކެމްޕެއިން ކުރައްވަން ވަޑައިގަންނަވާ ވަޒީރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ހަންނާނަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ވަޒީރުންނަށް އޭނާ ވަނީ މެސެޖެއް ވެސް ދެއްވައިފައެވެ.

"ވަޒީރުންނަށް ދަންނަވާލަން ބޭނުންވަނީ، ހަންނާން ނޫން ކެންޑިޑޭޓަކަށް ލާ ވޯޓަކީއޭ ބޭކާރު ވޯޓަކީ. ހަންނާނަށް ލާ ކޮންމެ ވޯޓަކީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންގެ ވިންދާއި ގުޅިފައި އޮތް، ރައްޔިތުންގެ މުސްތަގްބަލާ ގުޅިފައި އޮތް ވޯޓެއް." ޝިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަންނާންގެ ކެމްޕެއިންގައި ކޮމަންޑޫ ދާއިރާގެ އެތައް ބަޔަކާ ބައްދަލު ކުރެވިފައިވާ ކަމަށެވެ. ބައްދަލުވާ ކޮންމެ މީހަކު ވެސް ބުނަނީ "ތިމަންމެންގެ ހަންނާން ސަރ" ކަމަށާއި، އޭނާއަށް ވަރަށް ބޮޑަށް ތާއީދު އެބައޮތް ކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. އިއްބެ

    ޟިދާތާ އަށްގޮނޑިއެއްނުދެވޭނެ އެހެންބުނާނަމަޟިދާތާޖެހޭނީ ތައުބާވާށެވެ

  2. ޢަބްދުﷲ ޖުނައިދު

    ނާޒިމްގެ މެނިފެސްޓޯ ހަމަ އެެއްގޮތަކަށްވެސް ކަމަކުނުދޭ. ހަންނާނު ދާނީ ވަރަށް ފަހަތަށްކަމަށް އަހަންނަށް ބުރަވެވެނީ. ފަހރެއްގަވެސް ތިޕާޓީ ވީމަކާއެއް ނޫން. ހަމައެކަނި މައްސަލައަކީ ކެމްޕެއިން ސްޓްރެޓެޖީސް

  3. މަރީ

    އަގުވެއްޓިފަތިއިނީ

  4. އަމާ

    ކަލެއަށް ޔަގީންތަ؟؟ އަމާ ނޫންތަ ލިބުނީ!! ބަލަ ބުރާންތިއާ ތިޔަ ޕާޓީއަކީ މީހުން ދަންނަ ޕާޓިއެއް ނޫނޭ!!
    އެހެން ނޫނަސް ފިރޫއައުން ވެސް ހިފެހެއްޓީ ތިޔަހެން!!

  5. މުޖުތާޒު

    ސިދާތާ މިކަމާނޫޅޭށޭ ކިޔަކިޔާހުއްޓަ ތިކަންނިމިގެންދާނީ 3 ޕާޓީގެތެރެއިން ކާމިޔާބު ކުރާނީ އެއްމެގަޓްހުރި ޕާޓީއެއްގެ ކެންޑިޑޭޓް ތިހެން އެދާއިޜާގެ ރައްޔިތުންގެ ބޮލަކަށް މިއަދަކު ސަވާރެށް ނުވެވޭނެ