ޚަބަރު ސިޔާސީ

އެމްޑީޕީއަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކޮންމެ ޤުރުބާނީއެއް ވެސް ވާނަން: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ވެރިކަމުގައި މޯލްޑިވްސް ޑިކޮމްރެޓިކް ޕާޓީ (އެމްޑީޕީ) އޮތުން ކަމަށާއި އެމްޑީޕީއަށް ވެރިކަން ހޯދުމަށް ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވާން ތައްޔާރު ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު ކޮޅުނބަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެރަށުގައި ހުންނަވާ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދެއްވި އިންޓަރުވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީއަށް ޓަކައި އެމްޑީޕީ ވެރިކަމުގައި އޮތުން މުހިންމު ކަމަށެވެ.

ވެރިކަމަށް ވާދަ ކުރައްވާނެތޯ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ، އަބަދުވެސް ވެރިކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި އެވިސްނުން ބަދަލު ނުވާ ކަމަށެވެ.

ރައީސް ޞާލިޙާ އެކު ވެރިކަމަށް ވާދަކުރައްވަފާނަންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙަކީ އަބަދުވެސް ރައީސް ނަޝީދުގެ ޚިޔާލުތަކާއި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެމަނިކުފާނު ގެންގުޅުއްވާ ޙައްލުތަކުގެ އަގު ވަޒަންކުރައްވާ އަޑު އައްސަވާ ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ކުރިމަތި ލައްވާނީ ކޮން ކެނޑިޑޭޓެއްކަމާ މެދު އަދި މަޝްވަރާ ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ދެ މީހުން އެކަކު އަނެކަކާ ކުރިމަތިލާތަނެއް. އަޅުގަނޑަށް ޔަޤީން އެއީ ރައީސް ޞާލިޙް އެދިލައްވާނެ ކަމެއް ނޫންކަން ވެސް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު، ރައީސް ޞާލިޙް ނުވަތަ އެ ނޫން ވެސް އިތުރު ކެނޑިޑޭޓަކު ފެނިދާނެ ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ ވެރިކަމުގައި އެމްޑީޕީ އޮތުން ކަމަށެވެ. އަދި ކޮންމެ ހާލެއްގައި ވެސް އެމްޑީޕީ ވެރިކަމުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވިއެވެ.

ރައީސް ނަޝީދު ސްރީ ލަންކާއަށް ވަޑައިގެންފައި ވަނީ ސްރީ ލަންކާގެ ފަސްވަނަ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށެވެ.

އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮންނަ ނިޒާމުގެ ތެރެއިން އެއްވެސް ސިޔާސީ ޕާޓީއަކަށް ގިނިކަންޏާ ނިކުމެ އިންތިޚާބެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި ވެރިކަމަށް އަންނަން ބޭނުން ނަމަ، ކުދި ޕާޓީތަކާ އެކު ކޯލިޝަން ހަދަން ޖެހޭ ކަމަށާއި، ސަރުކާރެއް ހެދިގެންދާ އިރު ކުދި ޕާޓީތަކަށް ސަރުކާރުގެ ބޮޑެތި ބާރުތައް ލިބޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ ބައެއް ޕާޓީތަކަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބަރުލަމާނީ ނިޒާމުގައި ވެސް ވެރިކަން އެކުލަވާލަނީ ކޯލިޝަނަކުންކަން ފާހަގަކޮށްލެވެއެވެ. ވަކި ޕާޓީއަކަށް މަޖިލީހުން އެކަށީގެންވާ ވަރަށް ގޮނޑި ނުލިބިއްޖެނަމަ އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީއަކަށް ކޯލިޝަނެއް ހެދުމުގެ ފުރުސަތު ގިނަ ޤައުމުތަކުގެ ބަރުލަމާނީ ނިޒާމުގެ ތެރެއިން ލިބެއެވެ.

Ads by Allied Insurance
  1. ބުލްބުލް

    އޭވާނުވާނުވާއާ.
    ތިކަން ހަދާންނާއްތާލާފަ އެހެން ކަމަކާއުޅޭ.

  2. ޢަވާމެނދުރު

    ޢެހެން ވިހޔާބިރުބޮޑު ކޮންފށނުކުރާނޭކޮން ކަމެތްކަންވެސް ނޭގެއެތްމެންސަމާލުވޭ

  3. ހަަހަަަަަހަހަހަހަހަހަ ވަރަށް

  4. މީގެ ކުރިންވެސް ތިޔަ ވެރިކަމެއް ހޯދަން މުޅި ޔޫރަޕްގައި ދުވެ ވިޔަފާރިތަށް ބޮއިކަޓް ކުރަން ގޮވާ، ޓޫރިޒަމް ބޮއިކަޓް ކުރަންގޮވާ، އިގިރޭސި ޕާލިމެންޓް މެމްބަރަކު މެދުވެރިކޮށް ރާއްޖެ ބަދުނާމް ކުރަން އުޅުނީވެސް ހަމަ ތިބޭފުޅާނުންތޯ !