ކޮވިޑް ބަލީގައި 25 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ނިޔާވީ ރޭގެ ވަގުތެއްގައެވެެ.
އެނގިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ ސިއްހީ އިތުރު މައްސަލަތަކެއް ވެސް ހުންނަ ކުއްޖެކެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 266ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އެވެ އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون