ކްރިތީ ވަރަށް އަވަހަށް އެކްޝަން ފިލްމަކުން ފެންނަނީ
- މި ފިލްމުގައި އޭނާގެ ގިނަ އެކްޝަން ސީންތަކެއް ހިމެނޭނެ

ބޮލީވުޑްގެ ފަންނާނު ކްރިތީ ސެނޮން އެކްޝަން ފިލްމަކުން މިއަހަރު ފެންނާނެ ކަމަށް ބުނެފިއެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި އަނޫރާގް ކަޝްޔަޕްއާއެކު ކުޅޭ މި ފިލްމުގައި އޭނާގެ އެކްޝަން ސީންތަކެއް ބެލުންތެރިންނަށް ފެނިގެން ދާނެއެވެެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކްރިތީ ބުނީ އައު ޕްރޮޖެކްޓާ މެދު ވަރަށް އުފާވާ ކަމަށެވެ.
"އަހަރެން ބުނާނީ، އޭގައި އަނޫރާގް ކަޝްޔަޕްގެ ބައެއް އެލެމެންޓްތައް އެބަހުރި، އޭގައި ތަންކޮޅެއް ބިރުވެރި ކަންތައްތަކެއް ވެސް ހުރި އިރު އެއީ އާ ވައްތަރެއްގެ ކެރެކްޓާއަކަށް ވާތީ އަހަރެން ވަރަށް އެގްޒައިޓެޑް. ދާދި ފަހުން “ގަނަޕަތް”ގެ މަސަތްކަތް ފަށައިފިން. އަނޫރާގްގެ ފިލްމުގައި ވަރަށް ގިނަ އެކްޝަން މަންޒަރުތައް އެބަހުރި، އެއީ އުފާވާ ކަމެއް.”ކްރިތީ ބުނެފައި ވެއެވެ.
ކްރިތީ ސަނޮން އަކީ މިހާރު ބޮލީވުޑްގައި އެންމެ ކުރީގައި އުޅޭ އެއް ފަންނާނެވެ. މިއަހަރު ކްރީތީގެ ފަސް ފިލްމެއް ނެރޭނެއެވެ. މި ޒުވާން ތަރި ވަނީ އެކި ޖޯންރާތަކުގައި އެކި ރޯލުތައް އަދާކޮށް، ތަކުރާރުކޮށް އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ.