ޚަބަރު ސަރުކާރު

ރައީސް ޞާލިޙް ކޮވިޑް-19އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19އަށް ފައްސި ކަމަށާއި އެކަން އެނގިވަޑައިގެންފައި ވަނީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ޓަކައި ރޭގެ ވަގުތެއްގައި ހެދި ޕީސީއާރު ޓެސްޓަކުން ކަމަށެވެ.

މިވަގުތު ހުންނެވީ ގޭގައި އެކަހެރިވެގެން ކަމަށާއި ހާލު ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ކޮވިޑަށް ފައްސިވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް އެމަނިކުފާނާއި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯކައިދުއަށް ވަޑައިގަންނަވަން ވަނީ ނިންމައިފައެވެ.

ރައީސް ޞާލީހްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.  އާމީން!

Ads by HDC
  1. އައްމަޑޭ ސަމީރު.

    މޑޕ އަށާ ކޯލިޝަން ސަރުކާރަށް
    ކޮމަންޑޫގެ ގޮނޑި ނުލިބުނަސް ބުނެވޭނެ ތިމަންނާ “ކޮވިޑު” ޖެހިގެން ކެމްޕއިން ނުކުރެވުނީމައޭ ގޮނޑި ނުލިބުނީ.

  2. އެލެކުސް

    ފަނާ ވަނިވި ދުނިޔޭގަ ފަނާކުރަނިވި ވިސްނުން ނުގެންގުޅެބަ. ނުބައ ނުލަފާ އެމް.ޑީ. އެން އަށް ޑެންމާކުމ ދިން ބަޖެޓް ކޮމަންޑުއަށް މިއަދު . ކޮމަންޑޫ ދާއިރާއަށް ޚަރަދުކުރަނީ ކުރިސްޓިއަނުން. ބުރުގަ ބޭން ކުރަން ކޮމަންޑު ގޮނޑި އެމްޑިޕީ އަށް.
    ޢިބޫ ޕޮޒިޓިވް ތިވީ ރައްކަލަކަށް ކަމަށް ވެދާނެ. ޢަންި ކަހަލަ ނުބައ މީހަކާ ދުރުކުރުމަށް ކަމަށް ވެދާނެ