ޚަބަރު ސިޔާސީ

އިދިކޮޅުގައި ތިބީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިން ބައެއް ނޫން، ހުރިހާ އިންތިޚާބަކުން ބަލި ކުރާނަން: ރާޝިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅުގައި މިވަގުތު އޮތީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިން ބައެއް ނޫން ކަމަށާއި، މި ފަހަރުގެ ބައި-އިލެކްޝަންގެ އިތުރުން، ރިޔާސީ އިންތިޚާބު އަދި ދެން އަންނަ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ބޭފުޅުންނަށް ރައްޔިތުން ފުރުސަތު ނުދެއްވާނެ ކަމަށް، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފޯކައިދޫގައި ކުރިއަށް ދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް ރައްޔިތުންގެ އަޑު އަހާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށައި ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ވިސްނާ ޕާޓީއަކީ ވެސް އެ ޕާޓީ ކަމަށެވެ. އަދިައިމިހާތަނަށް ރައްޔިތުންނަށް ޚިދުމަތްކޮށްދީފައި ވަނީ އެމްޑީޕީން ކަމަށް ވިދާޅުވެ، ރާޝިދު ވިދާޅުވީ، ހުރިހާ އިންތިޚާބަކުން އިދިކޮޅު ފަރާތްތައް ރައްޔިތުން ބަލި ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ، މި އިންތިޚާބާ، 2023އާއި 2024އާ އަދި ކުރިޔަށް އޮތްތަނުގައި، އެ ބުނާ ކަމެއް ނުކޮށްދިން ޕާޓީ ވެސް މި ރާއްޖޭން ބަލި ކުރުން. އަޅުގަނޑުމެން އެ ބޭފުޅުންނަށް ފުރުސަތެއް ނުދޭނަން. އެއީ ރަައްޔިތުންނަށް ޚިދުމަތް ކޮށްދިން ބައެއް ނޫން." ރާޝިދު ވިދާޅުވިއެވެ.

ރާޝިދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ބައި އިލެޝަންގައި މިކުރާ މަސައްކަތަކީ, ދާއިރާގެ ކުރީގެ މެމްބަރު ތާއީދު ކުރެއްވި ސިޔާސަތުތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ދެމި ހުންނަވާނީ, މަރުހޫމް ވަހީދުގެ ނަސޭހަތްޕުޅުގައި ހިފައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެމްޕީގެ ވިސްނުމާއި ފިކުރާ އެއްގޮތަށް، އެމްޑީޕީގެ މަސައްކަތްތަކުގައި ތާއަބަދު ދެމި ހުންނާނަން." ރާޝިދު ވިދާޅުވީ، މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ ކަަމަށެވެ.

"އަޅުގަނޑުމެންގެ އެމްޕީއަށް [ކޮމަންޑޫ ދާއިރާގެ ކުރީީގެ މެންބަރަށް] ހުތުރުބަހުން ބަވާނެ މީހަކު، އެމްޕީއާ ދިމާޔަށް އެއްޗެހި ގޮވާނެ މީހަކު. އެމްޕީއަށް ނުރުހުން ފާޅު ކުރާނެ މީހަކު. އެމްޕީ ތާއީދު ކުރި ސަރުކާރަށް ބުރަ ބަސް ބުނާނެ މީހަކަށް ފުރުސަތު ނުދޭނަން"

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކަށް ދާން ޖެހުނީ އެ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ކެންސަރުގެ އަވަހާރަވުމުންނެވެ.

Ads by HDC
  1. އަފްޝީން

    ތިޔަ ގޯސް ވަނީ ތިޔަހެން ގަދަބަސް ނުބުނާށޭ