ޚަބަރު ސިޔާސީ

އުންމީދު ކުރާ ޖަންޕް ޖަހަން، ވެރިކަމުގައި އެމްޑީޕީ އަދި 10 އަހަރު ތިބެންޖެހޭ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ދިވެހިންގެ އާއްމު ހާލަތު ރަނގަޅުވެ، ދިވެހިން އެދޭ ދިވެހިރާއްޖެއަކަށް ބަދަލުވުމަށް، މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ވެރިކަމުގައި އަދި ދިހަ އަހަރު އޮންނަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން އެމްޑީޕީން މިހާރު ވެސް ހާސިލު ކޮށްދީފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީން ތަސައްވުރު ކުރާ ޖަމްޕު އަދި ބަދަލު އައިސްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ތަޞައްވަރު ކުރާ، އަޅުގަނޑުމެން އުންމީދު ކުރާ ޖަންޕް ޖަހައިފި ހެއްޔޭ؟ އެ ބަދަލު އަތުވެއްޖެ ހެއްޔޭ؟ ނޫން ނާދޭ! އެކަމެއް އަދި ނުވޭ. މިއީ ޖީލެއްގެ މަސައްކަތެއް. މިއަދު ލާ އެންމެ ވޯޓަކުން މިކަން އަދި ވާކަށެއް ނެތް. އަޅުގަނޑުމެން ސަރުކާރުގައި، އެމްޑީޕީ ވެރިކަމުގައި އަދި ދިހަ އަހަރު ތިބެން ޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފޯކައިދޫ ރައްޔިތުން މުޅި ރާއްޖޭގެ ރައްޔިތުން ކައިރީގައި އެމްޑީޕީއާ އެކު ތިބިކަން ބުނެދިނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވުރެ މާ މުހިއްމު ކަމަށެވެ. މިގޮތުން ބޭނުން ވަނީ ތަރައްޤީއާއި އާންމު ހާލަތު ރަނގަޅުވުން ކަމަށް މި އިންތިހާބުގައި ފޯކައިދޫ ރައްޔިތުން ބުނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވުރެ މާ މުހިންމު، ފޯކައިދޫ ރައްޔިތުން މުޅި ރާއްޖޭގެ ރައްޔިތުން ގާތު ބުނެދިނުން. ތިމަންމެން މިތިބީ އެމްޑީޕީއާގައޭ. ތިމަންމެން ބޭނުން ވަނީ ތަރައްޤީއޭ. އާއްމު ހާލަތު ރަނގަޅުވުމޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ނަޝީދާ އެކު ރައީސް ޞާލިޙް ވެސް ބައިވެރިވާ ކުރިން އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ރައީސް ޞާލިޙް ކޮވިޑް-19އަށް ފައްސިވުމާ އެކު ޖަލްސާގައި ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ.

  1. ނާޒިމް

    އުއްމީދުކުރަން އަވަސް މުސްތަގުބަލެއްގައި މަގުމަތީގައ ބާ ހިންގެނެ ކަމަށް. އެމްޑީޕީ އަށްއަހަރެން ވޯޓު ދިނީ އެހންވެ. ބާ ހިންގެނެ ކަމަށާ ފައްޅީގައ މުސްލިމު ނޫން މީހުނަށް އަޅުކަން ކުރެވޭނެ އޭ އެދުވަހު ޑެންމާކުގައި ބުނީމް އަޖުމަ ބަލާލަން.

    • ށަވިޔަނި

      ތެދުފުޅެއް. އުއްމީދުކުރާ ޖަންޕުޖަހަން ފޫގަޅާފަ ހުރިކަން ނުބުންޏަސް އެނގޭ. ތިބާއާ އެންމެ ގާތުގާވަނީ ﷲކަން ހަނދާން ކުރިއްޔާ މާރަނގަޅުވާނެ.

      • ފާތިމަތު

        ޕީޕީއެމް އިން 5 އަހަރުން ގެންނަ ތަރައްގީ އެމްއެންޑީޕީ އިން 15 އަހަރު ބޭނުންވޭ