ޚަބަރު

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ޝައިޚް ޒައިދު އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަމުން ޝެއިޚް އަލީ ޒައިދު އިސްތިއުފާ ދެއްވައިފިއެވެ.

Ads by Hajj Corporation

ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުކަމުން ޝައިޚް ޒައިދު އިސްތިއުފާދެއްވައިފައި ވަނީ، ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން އަދާލަތުން ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

އިއްޔެ ކުރެއްވި ޓްވީޓެއްގައި ޝެއިޚް ޒައިދު ވަނީ އެމްޑީޕީ ކެނޑިޑޭޓަށް ވޯޓް ނުދިނުމަށް ގޮވައިލައިފައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މޫނުބުރުގާ މައްސަލަ ފަދަ ދީނާ ގުޅުން ހުރި އެކިއެކި މައްސަލަތަކުގައި އެޑިޔުކޭޝަންއިން ގެންގުޅޭ ދެކޮޅުނުޖެހޭ ސިޔާސަތުތައް ހައްދު ފަހަނަ އަޅައިފައިވާތީ ކަމަށެވެ.

އިއްޔެ އަދާލަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމި އެއް ސަބަބަކީ،  ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި ރައީސް ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކުރި ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރައްވައިފައިވާތީ ކަމަށެވެ.

އިސްތިއުފާ ދެއްވަމުން މިއަދު ޝެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި، އެ މަޖިލީހުގެ ރައީސާއި ނައިބު އަދި މެންބަރުން ގެންގުޅުއްވި ގާތް ކަމަށް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

"މިއަދުން ފެށިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހައި މެމްބަރުން އަޅުގަނޑާ މެދު ޢަމަލުކޮށްދެއްވައިފައިވާ ގާތްކަމާއި، އޯގާތެރިކަމަށް ޓަކައި ޝުކުރު ދަންނަވަން" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

Ads by Ooredoo
  1. ޒީރޯ

    ހާދަ ހިތްވަރެއް ނެތޭދީ! ތިހާއަވަހަށް ދޫކޮށްލީ!!