ޚަބަރު އިޖުތިމާޢީ

ހިޔާ ފްލެޓް ސަހަރައްދުގައި ކޮވިޑް ސުންކު ނަގާ ސެންޓަރެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް/ ދެން އިމޭޖްސް

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސުންކު ނަގާ ސެންޓަރެއް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ވިދާޅުވީ އެ ސެންޓަރު ހުންނާނީ ހިޔާ ފްލެޓުތަކުގެ އަށްވަނަ ޓަވަރު ކައިރީގައި ކަމަށެވެ. އަދި މިއަދު މެންދުރު ފަހު 3:30އިން 6:30އަށް މި ސެންޓަރުން ސުންކު ނެގުމުގެ ހިދުމަތް ދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މި ސެންޓަރުގެ އިތުރުން ހެންވޭރު ފުޓުބޯޅަ ދަނޑު، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް، ހުޅުމާލެ ރުށްގަނޑު 1އިން ވެސް ކޮވިޑަށް ސުންކު ނަަގާ ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ.

މާލެ ސަރަަހައްދުގައި ގާއިމްކޮށްގައިވާ ފްލޫ ކްލިނިކްތަކަށް ބަލާއިރު ސެނެހިޔާ، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލު ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު މިހާރު ވަނީ ވަރަށް ބޯޑަށް ގޯސްވެފައެވެ. ކޮވިޑް19އަށް ރާއްޖެއިން މިހައިތަނަށް 120،168 މީހުން ފައްސިވެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!