މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައި ވަނީ މާފަންނުގެ ގެއެއްގެ ތެރެއިން ކަމަށެވެ. މަރުވެފައި އޮތް މީހާއަކީ އުމުރުން 48 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާފަންނު ގެއެއްގައި މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 08:03 ކަންހައިއިރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.