ޚަބަރު އިޖުތިމާޢީ

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ، އަދަދު 272އަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން
އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 50 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ ދަނގެތި ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް ރޭ 12:24 ހައިއިރު ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 272ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!