ޚަބަރު އިޖުތިމާޢީ

ރާއްޖޭގެ ކޮވިޑް ހާލަތު އަދިވެސް ގޯސް، މޮނިޓަރިންގައި 31 ރަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 31އަށް އަރައިފިއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިންއަށް ލީ ދެ ރަށެކެވެ. އެއީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ.

މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްރަށުގެ ތެރޭގައި ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ ހިމެނެއެވެ.

މީގެ އިތުރުން ކ. ގުރައިދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރީ، ގދ. ތިނަދޫ، ގދ. މަޑަވެލި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި އަދި ނ. މާޅެންދޫ ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މާލެއިން ފައްސިވި 1،273 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 974 މީހުންނާ އެކު ޖުމްލަ 2،813 މީހުން ވަނީ އަލަށް ފައްސިވެފައެވެ. މި ބައްޔަށް ރާއްޖެއިން މުޅިއަކު ފައްސިވެފައި ވަނީ 125،590 މީހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!