ޚަބަރު ސިޔާސީ

ވަކި ކެމްޕޭނެއް ހިންގާ މީހުން ޖަލަށް ލުމަށް ވުރެ މުހިންމީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދިނުން: ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޝެއިހު އަލީ ޒައިދު--

ވަކި ކެމްޕެއިނެއް ހިންގާ މީހުން ޖަލަށްލުމަށް ވުރެ މުހިންމީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ދިނުން ކަމުގައި ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބައިވެރިންނަށް ޖަލު ހުކުމްގެ އަދަބު ދެވޭ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މަސައްކަތް ފަށައިފައިވާއިރު، އެކަމަށް އިޝާރާތް ކުރަައްވައި ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންކަމަށް ވުރެ މުހިންމީ ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަަދަބު ތަންފީޒު ކުރުން ކަމަށެެވެ.

"އަދި ގާނޫނެއް ހަދައިގެން ވިޔަސް، މަޖުބޫރުކޮށްގެން ވިޔަސް، ނިކަން އެޑަލްޓް ސައިޓްތައް ހުއްޓުވާބަލާށެވެ! މިހިރީ ވެސް ހައްތާ ވެސް ކަންކަމެވެ!" ޒައިދުގެ ޓްވީޓުގައިވެއެވެ.

އިންޑިއާ އައުޓާ ދެކޮޅަށް ފަރުމާ ކުރާ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ.

މި ބިލުގައިވާ ގޮތުން އެހެން ގައުމަކާ އެކު ދިވެހި ސަރުކާރުން އެކުލަވައިލައިފައިވާ އެއްބަސްވުމަކާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލުމަކީ ޖިނާއީ ކުށަކަށް ވާނެއެވެ. އަދި މިކުށް ކުރާ މީހަކު، ޖަލު އަދަބުގެ އިތުރުން  20،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރެވޭނެއެވެ.

އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގެންނެވި ފަހުން "އިންޑިއާ އައުޓް" ހަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެ ހަރަކާތް ހުއްޓުވުމަށް ހުށަހަޅާ ބިލާ ދެކޮޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބަޔާނެއް ނެރެ، މިއީ ގާނޫނު އަސާސީއާވެސް ހިލާފު ބިލެއް ކަމަށް ބުނެފައެވެ.

  1. އައްމަޑޭ ސަމީރު.

    މިބިލް ފާސްކޮއްފިނަމަ މި ބިލްގެ ސަބަބުން އެންމެބޮޑު ގެއްލުމެއްލިބި ދަތިކަމަކާ ކުރިމަތިލާން ޖެހޭނެބަޔަކީ ނަޝީދުއާއި މޑޕ.
    އެއީ އާޙިރުގަ 2023ގެ ވެރިކަން މޑޕ ނުވަތަ މޑޕގެ ކޯލިޝަންއަށް ލިބުމަކީ ވަރަށް ނާދިރުކަމެއް.
    ކަން، އެހެންވެއްޖިއްޔާ ނަޝީދުއާއި މޑޕ އިން މަގުމައްޗަށް ނިކުމެ “ސައުދީ އައުޓް، ޗައިނާ އައުޓް” ގޮވުމުގެ ފުރުސަތު އޮންނާނީ ގެއްލިފަ.

  2. ކިނބޫ

    ކަލޭ ދެން ޖަލަށް ލާނީ. މިލަ ޑރ. އަންނާނީ ކަލޭ ޖަލަށް ލާން.