ޚަބަރު ސިޔާސީ

ދާއިރާއަށް ކޮށްދެން ހުރި ކަންކަން އަވަސްވާނީ އެމްޑީޕީ މެމްބަރަކު ހޮވުމުން: ރައީސް ޞާލިޙް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ މެންބަރަކު ހޮވުމަކީ ދާއިރާގެ ރައްޔިތުން ކުރަން މުހިންމު ކަމެއް ކަމަށާއި ދާއިރާގައި ހިނގަމުން އަންނަ ތަރައްޤީގެ ޕްރޮޖެކްޓްތައް އަވަސްވެ، ފުރިހަމަ ވެގެންދާނީ އޭރުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ،

Ads by MWSC

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ތާއީދު ހޯދަން އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، 2019ވަނަ އަހަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބީ ގޮތް ނިންމައިގެން ކަމަށާއި އެމްޑީޕީ ނޫން އެހެން ފިކުރަކަށް ވޯޓް ދޭންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވަމުން ވިދާޅުވީ އެ ދާއިރާއަށް ސަރުކާރާއި، އެޖެންޑާ-19އިން ވީ ވައުދުތައް ފުއްދަމުންދާ ކަމަށެވެ.

"ތިބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރި ފިކުރެއް، އެ ފިކުރު އެބައޮތް، އެ ވިސްނުން ދަމަހައްޓަން ޖެހޭ" ރައީސް ޞާލިޙް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތިބ، ފަސް އަހަރަށް ރައްޔިތުން ތިބީ ގޮތެއް ނިންމައިގެން ކަމަށާއި އެއީ ސަރުކާރަށް ތާއީދުކޮށް، ސަރުކާރުން ހިންގަން ނިންމައިފައި ހުރި މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮމަންޑޫ ދާއިރާގެ ބަސް އިއްވުން ކަމަށެވެ.

"އެކަން އެގޮތުގައި ބޭއްވުމަކީ މި ދާއިރާގައި އަޅުގަނޑުމެން ކުރަން ނިންމައިފައިވާ ކަންތައްތަކަށް އަވަސްވެ، ފުރިހަމަ ވެގެންދާނެ ކަމެއް"

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިސަރުކާރުން ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް، ދާއިރާއަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ދާއިރާތަކުގައި ހުރި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް މިގެންދަނީ އެ ދާއިރާތަކުގައި ތިބި ރައްޔިތުން ބޭނުންވާ ގޮތަކަށް. ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިއަދު ބޭނުންވީ، ދެ ކޮމަންޑޫ ގުޅައިލާން. އެހެންވެ، އެކަންތައް އަވަހަށް ފެށީ" ރައީސް ޞާލިޙް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުންވާ އިތުރު ކަންތައް ހުންނާނެ ކަމަށާއި އެކަންތައްތައް ފުރިހަމަ ކުރުމަށް ރާޝީދު ހޮވާ އޭނާއާ އެކު މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެއްވެސް ދާއިރާއެއްގެ އެއްވެސް ރައްޔިތަކު ބޭކާރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ދާއިރާ އޮންނާނީ އަބަދުވެސް ސަރުކާރާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ، އެއްވެސް ދާއިރާއެއް، އެއްވެސް ރައްޔިތަކު ބޭކާރުކުރާ ކަށެއް. މި ދާއިރާ ވެސް އޮންނަން އަޅުގަނޑުމެން ބޭނުން ވަނީ ސަރުކާރާ އެކު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

  1. ރަދީފް

    މިހާރު ވެސް ޕްރޮޖެކްޓްތައް އެހާ ބާރަށް ކުރިއަށް ދާއިރު ގޮނޑި ހުރީ ހުސްކޮށް ދޯ.އެހެންވީމަ ކަންކަން ކުރަން ބޭނުންވަނީ އިހްލާސްތެރިކަން.ވ.ވެދުން

  2. ލާސް

    މަނިކުފާނުގެެ މިޔަދުގެެ ވާހަކަކޮޅުންވެސްް ވިސްނޭޭ ރައްޔިތެއްް ހުރިނަމަަ ވިސްނޭނެެ ކިހާާ ހީލަތްތެރިި ރޭވުމެއްކަން

  3. ބޭބެ

    އެމް. ޑީ.ޕީ އަށް ގޮނޑި ހޯދުމުގައި އޮތީ އެންމެ ބޭނުމެއް އެއި އިންޑިޔާސިފައިންގެ ބާރުގެ ދަށުގައި ދިވެހިރާއްޖެ އޮންނަން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގެ ތާއީދު އޮތްކަން ހާމަކޮށްދިނުން