ވޭތުވެދިޔަ ތަނުގަައި ކޮމަންޑޫ ދާއިރާއަކީ ޗާޓުގައި ނެތް ދާއިރާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕޭނު ކުރެއްވުމަށް މިއަދު ށ.މަރޮށީގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ތަނުގަައި ކޮމަންޑޫ ދާއިރާއަކީ ޗާޓުގައި ނެތް ދާއިރާއެއް ކަމަށާއި ސިޔާސީ މީހުންގެ ރާޑަރަށް ވެސް އެ ދާއިރާ ކުރިން ނާރާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދުއަށް ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައިވެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދާއިރާގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމެއް އަދި ނެތް. މި ދާއިރާއަށް ކުރިއެރުން އަންނާނީ ހަމަ އަޅުގަނޑުމެން ފިކުރާ (އެމްޑީޕީ) އެކީގައި ތިބުމުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެއްވެސް ދާއިރާއެއް އަދި އެއްވެސް ރައްޔިތަކު ވެސް އެކަހެރިކޮށްފައި ބަހައްޓަން ބޭނުން ނުވާ ކަމަށާއި ސަރުކާރުން ބޭނުން ވަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ހަމަހަމަކަމާ އެކު ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
އެހެން ބުނާ އެމްޑީޕީ އަށް ކޮމަންޑޫ ދާއިރާ ޗާޓުން ފެނުނީ ބައިއިލެކްޘަނަށް ދެއްތޯ