ގުޅިފައިވާ ޕާޓީތަކުން އިންތިޚާބު ކާމިޔާބު ކުރަން މިއުޅެނީ ރައްޔިތުންނަށް ޓަކައި: ޝެއިޚް އިމްރާން

ސަރުކާރު ހިމެނޭ ކޯލިޝަންގެ ޕާޓީތަކުން އެކުވެގެން، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރަން މަސައްކަތް ކުރަނީ ރައްޔިތުންނަށް ޓަކައި ކަމަށާއި، މިކަމަކީ ރައްޔިތުންގެ މުސްތަޤްބަލާ ގުޅުން ހުރި ކަމެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ކެންޕެއިން ކުރުމަށް ޓަކައި މިއަދު އެ ދާއިރާގެ މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، އެމަނިކުފާނާއި ޤާސިމް އިބްރާޙީމް މިއަދު އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަނީ އެކުގައި މަސައްކަތް ކުރުމަށް ރައްޔިތުން އެދޭތީ ކަމަށެވެ.
"ގުޅިފައިވާ ޕާޓީތައް އެކުވެ، މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ޓަކައި. ރައްޔިތުންގެ މުސްތަޤްބަލަށް، ރައްޔިތުންގެ އުފާ ފާގަތިކަމަށް، ރައްޔިތުންގެ ތަރައްޤީއަށް" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން ރިޔާސީ ދައުރު ފެށީ އެކީގައި ކަމަށާއި މިއަދާ ހަމައަށް ވެސް ތިބީ އެކުގައި ކަމަށެވެ. އަދި ހުރިހާ އަޑިގަނޑަކާ، އުސްގަނޑެއްގައި ތިބޭނީ އެކުގައި ކަމަށް ޝެއިޚް އިމްރާން ވިދާޅުވެ ވިދާޅުވީ ގުޅިގެން ސަރުކާރު ހިންގޭނެ ކަމަށާއި ތަރައްޤީ ގެނެވޭނެކަން މި ސަރުކާރުން ސާބިތުކޮށްދީފި ކަމަށެވެ.

މިއަދުގެ ޖަލްސާގެ ތެރެއިން
ޝެއިޚް އިމްރާން ވިދާޅުވީ، މިއަދު ސަރުކާރުން ކަންކަން ކުރަމުން އަންނަނީ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން، ބޭނުންވާ ކަންކަމުގައި އެއްބަޔަކާ ގުޅިގެން ރައްޔިތުން އުފާވާ ގޮތަށް ކަަމަށެވެ. އަދި މިއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އިމްރާން ވިދާޅުވީ، މި އިންތިޚާބުގައި ބޮޑު ތަފާތަކުން ރާޝިދު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމަންޒަރު މިއަދު ސާފުވެ، އެހެން ޕާޓީތަކުން ފަހަތަށް ޖެހޭ ތަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޓީމްތަކުގެ ޖޯޝު ވަރަށް ފޯރިގަދަ. އަދި ދެން ތިބި ޓީމުތަކުން ފަހަތަށް ޖެހޭތަން ފެނޭ.. އެމަންޒަރު ވަރަށް ރީއްޗަށް ފެނޭ." އިމްރާން ވިދާޅުވިއެވެ.
ތި ގޮނޑި ލިބުމަކުން ރައްޔިތުންނަށް ކަލޭމެނަށް ކޮށްދެވޭނީ ވަކި ކޮން ކަމެއް! ތި ގޮނޑި ނުލިބުމުން ކަލޭމެނަށް އެޅޭ ހުރަހެއް ވާނެ ދައްޗެއް ބުނެބަލަ.
މީނަޔަށް ޝެއިޚް މިކިޔަނީ ކީއްވެބާ؟ މީނަގެ ދީނީ ދަރުހެއް އަޑުއެހި އެއްވެސް މީހަކު ހުރިކަމެއް ނޭގެ ދެން ކޮން ޝެއިޚެއް ސޭކު އިމްރާން ކިޔަންވީ