ޚަބަރު ސިޔާސީ

ނުފޫޒު ފޯރުވައިގެން މޮޅުވުމަކީ މޮޅެއް ކަމަށް ނުބެލެވޭނެ: ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު--

އެކި ގޮތްގޮތަށް ނުފޫޒު ފޯރުވިގެން އިންތިހާބުން މޮޅުވުމަކީ މޮޅެއްކަމަށް ނުބެލޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިއްޔެ ބޭއްވި ށ. ކޮމަންޑޫ ދާއިރާގެ ފޯރިގަދަ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދަށް ލިބިފައި ވަނީ، ޖުމްލަ 1401 ވޯޓެވެ.

ރާޝިދުއާއި އެންމެ ގާތުން ވާދަކުރި ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިފައި ވަނީ ޖުމްލަ 1161 ވޯޓެވެ. އެމްއެންޕީގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރިން އަބުދުލް ހަންނާނު އިދުރީހަށް ލިބިފައި ވަނީ 323 ވޯޓެވެ.

އިދިކޮޅުން ބުނެފައި ވަނީ ހަނި ތަފާތަކުން އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވުނީ، މިލިއަނުން ހަރަދުކޮށް، ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ އެކި ގޮތްގޮތަށް ނުފޫޒު ފޯރުވިގެން އިންތިހާބުން މޮޅުވުމަކީ މޮޅެއްކަމަށް ނުބެލޭނެ ކަމަށެވެ.

މުޅިރާއްޖޭގެ ހުރިހާ މަޝްރޫޢެއް އެއްދިމާލަކަށް ގެނެވި ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރެވުނު ކަމަށާއި، މިއީ ރީތި ނަމޫނާއެއް ނޫންކަމަށް ވެސް ޢަލީ ޒައިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ކުރިން އެކަންކަމާ ދެކޮޅަށް އަޑުއުފުލެވިފައިވާ ކަންކަން ކަމަށެވެ..

Ads by HDC
  1. އަލީ ބިން ޔޫސުފް

    އަހަރުމެން ތިޔައީ ސޭޚެއް ކަމަކަށްވެސް ނުބަލަމެވެ. ޚަވާރިޖް ފިކުރުގެ ސެއިޚުންނެއް ނުތިބޭނެއެވެ. ތިޔައީ ދީނަށްހުތުރު އަރުވާ ސެއިޚުންނެވެ.

    • ޙަޤީޣަތް

      ޢަސްލްވެސް މީދެ….

    • ވިސްނުން ރަނގަލު

      ތިޔައީތަ ޝޭޚުން އުލޭގޮތް ރަނގަލު ވާނެ ރައީސް ޔާމީނުގެ މަޝްވަރާ މަޖިލިސްގައި އިނިއްޔާ

      • ކިނބޫ

        ގަން..މަޖިލިހުގަ އިހަށްދުވަހާ ޖެހެންދެން އިންއިރު ކަލޭމެނަށް އެއީ މަލާއިކަތެއްނު.

  2. ކިނބޫ

    2018 ގަވެސް ނުފޫޒު ފޯރުވައިގެން މޮޅު ހޯދީ. އޭރު ތިހެން ނުކިޔާ މިހާރު ކިޔަނީ ކީއްވެ؟ ކަލެއަށް ވެގެން އުޅޭ ގޮތެއް ސީދަލަށް ބުނެބަލަ. މިއޮއްހާ ދުވަހު އެއުޅޭ މިލަގަނޑާއެކު ފޮނު އަރުވަމުން ފުމެއެރި މީހެއްނު ތީ.