ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން އިއްވީ، އަޖައިބުވެ އަންތަރީސްވާވަރުގެ ހުކުމެއް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް އިތުބާރު ދީފި ކަމަށާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިތުރުން ށ.ކޮމަންޑޫ ދާއިރާގެ ގޮނޑި ވެސް ދީފި ކަަމަށެވެ.
އެހެންކަމުން ރައްޔިތުން އެދެނީ "ވަގުންނަށް" ފުރުސަތު ނުދީ، ދޭދޭ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހީނަރުވާނެ ފަދަ އަމަލުތައް ކުރާނެ ލީޑަރުންނަށް ވެސް އެއްވެސް ފުރުސަތެއް ނުދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމު "ތާހިރު" ކުރެވޭނެ ބަޔަކީ ފަނޑިޔާރުން ކަމަށެވެ. އެއަަށް ފަހު، ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އިއްވެވި ހުކުމަށް ވެސް އާޒިމް ފާޑުވިދާޅުވިއެވެ.
"އެތަނުގައި (ސުޕްރީމް ކޯޓުގައި) ފަނޑިޔާރުންގެ ބެންޗުން އިއްތިފާގު އެބަވޭ، އެއް ކަންތައް، ދައުލަތުގެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓުގައި ހުރިކަން. 100 މިލިއަނަށް ވުރެ ގިނަ ފައިސާ، ދިވެހި ރުފިޔާ، ރައީސް ޔާމީންގެ އެކައުންޓުގައި ހުރިކަން. އެ އިއްތިފާގު އެބަވޭ، ހުރިހާ ފަނޑިޔާރުން ވެސް." އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ދައުލަތުގެ ފައިސާގައި ޖެހިފައި ހުރި މީހަކު ދޫކޮށްލާއިރު، މަތީ ކޯޓުތަކުން ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.
732 ދުވަސް ފަހުން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން މިނިވަންވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.
ދައުލަތުން ރައީސް ޔާމީނަށް ކުރި ދައުވާގައި ބުނާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެހެން ނަމަވެސް އެކަން ދައުލަތަށް ސާބިތުކޮށް ނުދެވޭކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި ދިޔައީ ވިދާޅުވަމުންނެވެ.
ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ވަގު އެއްބަސްވުން ހެދީމާ ޢަޖާއިބު އަންތަރީހެއް ހަމަ ނުވޭތޯ؟
މިކޮމެންޓު ޖަހަން ކެރޭނެތޯ؟
ދީނާއެހާއިދިކޮޅިއިރުވެސް ތހިމެެހުންގެ ބާރުގެދަށުގާ މިގައުމު ކޯލިސަނުގެ ރުހުމާލޯބާއެކު ބާވާތީ މާކންބުޑވެ އިލްމުވެރިނވެސް ކޯލިސަނުގާހިމެނި އަޖާިބުކަން މާބޮޑެހނު ކިޔަނީއިސްލާމ ގައިމެކޭ އެހެންގައުމެހނަމަ ތހިމީހުންތިބީހީޖަލުގަ އަގަމާތިރި ނުކޮން މިއުޅެނޭ
ކޮބާތަަ އަދީބުު ހަވާލުކުރިއެއްޗިހިތައްް އެއިންއެއްވެސްް މައްސަލައެއްް ބަލަންނޫޅޭތީީ އަޖައިބެއްނުވޭތަަ އާޒިމައްް ކުއްލިގޮތްގޮތައްް މުސްސަދިކަންހޯދާތީީ އަޖައިބެއްބެއްނުވޭތަަ
ކަޅޭގެ ނުބައިކަމުގެ ސަބަބުންބާ މިކަލޭގެ ސިފަ މިހާ ހުތުރީ!