މެމްބަރުންގެ ވޯޓު ހޯދަން ބޭނުން ވަނީ ނަފްރަތު އުފައްދައިގެން ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި އެކަމަނާއަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ ރޮޒައިނާ އަދި ފައްޔާޒު، ކުރީ މަޖިލިސްގައި ވޯޓުން ވައްކަންކޮށްފައިވާ ކަމަށެވެ.
އެ ޕޯސްޓު ހިއްސާ ކުރައްވައި ރޮޒައިނާ ވިދާޅުވީ، އޭނާއަށް ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު އެހެން ކެނޑިޑޭޓަކާ މެދު އެފަދަ ހުތުރު އަދި ދޮގު ވާހަކަ ފަތުރައިގެން އެނެޓި ކެމްޕެއިން ނުކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަން ޖެހޭނީ އެކީގައި ކަމަށާއި ވޯޓު ބޭނުން ވަނީ ލޯބިން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާއަކީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްގެ މަޤާމަށް ކުރިމަތިލައްވާ ކެނޑިޑޭޓެކެވެ. ރޮޒައިނާގެ އިތުރުން ދެން އެ މަގާމަށް ވާދަކުރައްވަނީ އެމްޑީޕީގައި ހަރަކާތްތަކުން އިސްކޮށް ފެންނަ މެންބަރެއްކަމަށްވާ ސަފާއަތު އަޙްމަދު ޒާހިރެވެ.
އޮޅުވައިލައިގެންދޯ
މިހާތަނަށްވެސް ކުރި ކޮންމެ ކަމެއް ބުނި ކޮންމެ ބަހެއް ރޮޒޭ ބުނީ ދިވެހި ރައްޔިތުން ފިތުނަ ފަސާދައިގެ ޖަހަންނަމަ އަށް ހުށަހަޅަން.