ދުނިޔެ

މިއީ ޤައުމުގެ ޙައްޤުގައި ނިކުންނަންވީ ވަގުތު، އެންމެންނަށް ވެސް ބަޑި ދޭނަން: ޒެލެންސްކީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ ޤައުމުގެ ޙައްޤުގައި ނިކުންނަންވީ ވަގުތު ކަމަށާއި އަމިއްލަ ވަންތަކަން ނިގުޅައިގަތުގެ ފުރުސަތު ޔޫކްރެއިންގެ ލޭ ހިނގާ އެއްވެސް ދަރިޔަކު ނުދޭނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޒެލެންސްކީ މިހެން ވިދާޅުވީ، ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދެމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގެ ޤައުމީ ޓީވީ މެދުވެރިކޮށް، މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަރަށް އަސަރާ އެކު ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، މިއީ ޤައުމަށް ޓަކައި އެންމެން އެކައްޗެއް ކިޔުމަށް ފަހު ނިކުންނަންވީ ވަގުތު ކަމަށެވެ. އަދި ޔޫކްރެއިންގެ އާއްމުންނަށް ވެސް ބަޑިއާއި ހަތިޔާރު ދެއްވާނެ ކަމަށާއި ޤައުމުގެ ޙައްޤުގައި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޒެލެންސްކީ އިތުރަށް ވިދާޅުވީ، އަސްކަރީ ތަޖުރިބާ ހުރި އެންމެން މި ވަގުތު ޤައުމަށް ޓަކައި ނިކުންނަން ވާނެ ކަމަށެވެ. އަދި ހަނގުރާމައިގައި ޒަޚަމްވާ ސިފައިންނަށް ލޭ ބޭނުންވާކަން ފާހަގަކޮށް، ލޭ ދިނުމަށް ވެސް އާއްމުންނަށް އޭނާ ގޮވާލެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބޭނުން ވަނީ ހިތްވަރު ކަމަށާއި ޔޫކްރެއިންގެ މިނިވަންކަން ދިފާއު ކުރުމުގެ ފެންވަރު ޔޫކްރެއިންގައި އެބަހުރި ކަމަށެވެ.

ޔޫކްރެއިންނަށް ރަޝިއާއިން ހަމަލާދީފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ރަޝިއާގެ ހަމަލާތައް ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

Ads by Ooredoo
  1. ފަލަސް ތީން

    ކޮބާ ފަލަސް ތީން އެއީވެސް ގައުމެ ދިފާއު ކޮށްދީ