ވިޔަފާރި

ސްޓެލްކޯއިން ހުޅުމާލޭގައި ފޯރިގަދަ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސްޓެލްކޯގެ "ސޭވް އެނާޖީ" ކެމްޕެއިނުގެ ދަށުން މާދަމާ ހުޅުމާލޭގައި ފޯރިގަދަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

ސްޓެލްކޯއިން ބުނި ގޮތުގައި "ސޭވް އެނާޖީ" ކެމްޕެއިނަކީ، މިއަހަރުގެ ހޫނުގަދަ ދުވަސްވަރާ ދިމާކޮށް ކަރަންޓު އިގުތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން ފަށައިފައިވާ ކެމްޕެއިނެއް ކަމަށެވެ. އަދި މި ކެމްޕެއިންގެ ދަށުން ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 4:30އިން 6:30އަށެވެ.

ސްޓެލްކޯއިން ބުނީ، މި ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު އެކި ހަދިޔާތަކާ އެކު ކުރިއަށްގެންދާ ކުޅިވަރުތަކުގެ އިތުރުން ރޮބޯމޭންގެ ހުށަހެޅުންތައް އޮންނާނެ ކަމަށެވެ. އަދި މި ހަވީރުގައި އޭނާޖީ ސޭވިން އެލްއީޑީ ބޮކި ބެހުމަށް ވެސް ނިންމައިފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން މީގެ ކުރިން މާލޭގައި ވެސް ވަނީ މިފަދަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!