ދުނިޔެ

ހަމަލާތައް ހުއްޓާލަންވުމުން އެކަން އެނގޭނީ ޕޫޓިންއަށް: ރަޝިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާއިން ޔޫކްރެއިނަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކަކީ އަމާޒެއް ކަނޑައެޅިގެން ދެމުންދާ ހަމަލާތަކެއް ކަމަށާއި ހަމަލާ ހުއްޓާލާނެ އިރެއް އެނގޭނީ ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިންއަށް ކަމަށް ރަޝިއާއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހަމަލާތައް ހުއްޓައިލާނީ ކޮންއިރަކުތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް މިއަދު ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް އެ ޤައުމުން ހިންގާ އަސްކަރީ އޮޕަރޭޝަނަކީ އަމާޒަކާ އެކު ކުރާ ކަމެއް ކަމަށެވެ. އަދި މި އޮޕަރޭޝަން ހުއްޓައިލާނީ ނަތީޖާއަށާއި އަމާޒު ހާސިލްވާ އަވަސްކަމުގެ މައްޗަށް ބަލައި ރައީސް ޕޫޓިން އެންގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާދިނުމުގެ ކުރިން ދެއްވި ތަގުރީރުގައި ޕުޓިން ވިދާޅުވީ ޔޫކްރެއިން ޑީމިލިޓަރައިޒް ކުރުމަށް ރަޝިއާގެ ސިފައިންނަށް ހަމަލާ ދިނުމަށް އަމުރު ކުރެއްވި ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޔޫކްރެއިންއިން ނޭޓޯއާ އެކު ބާއްވާ ގުޅުމަކީ ރަޝިޔާގެ ގައުމީ ސަލާމަތަށް ބުރޫ އަރާ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޔޫކްރެއިންގެ ފައުޖުތަކުން ދެމުންދާ ހަމަލާތަކުން ޑޮނޭޓްސްކްއާއި ލުގާންސްކްގެ ވަކިވެފައިވާ ޖުމްހޫރިއްޔަތުތައް ހިމާޔަތް ކުރުމަކީ ރަޝިއާގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. މޮސްކޯއިން ވަނީ ޔޫކްރެއިންގެ އެ ދެ ސަރަހައްދަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.

Ads by HDC
  1. އެމެރިކާ

    ކޮބާމިހާރު އެބުނާ އެމެރިކާ ނިކުމެބަ ރަށިޔާ ހަގުރާމަޔަން ނުކެރޭ ބައެން ދޯ