ދުނިޔެ

ޔޫކްރެއިންގައި ހިނގަމުންދާ ކަންތައް ކުރުކޮށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ ރަޝިޔާއިން މިހާރު ޔޫކްރެއިންއަށް ދެމުން ގެންދާ ހަމަލާތަކުގެ އެންމެ ފަހުގެ އަދާހަމަ ކުރުކޮށް ގެނައުމަށް ލިޔާ ލިޔުމެކެވެ. މި މައްސަލަ ފެށިގެން އައި ގޮތް ވިދާޅުވުމަށް މި ލިންކަށް ފިއްތަވާ ލައްވާށެވެ.

Ads by WAMCO

މިލިޓަރީ އަސަރު

ރަޝިޔާ ސިފައިން ޔޫކްރެއިންއަށް އަރައި، ބޮޑެތި ސިޓީތަކާއި އަދި އެ ގައުމުގެ އަސްކަރީ ބޭސްތަކަށް މިސައިލް ޙަމަލާތަކާއި ބޮމުގެ ޙަމަލާތައް ދަނީ އަމާޒުކުރަމުންނެވެ.  ހަމަލާތައް ދޭން ފަށައިފައި ވަނީ މިއަދުގެ ހެނދުނުން ފެށިިގެންނެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައި ވަނ ރަޝިޔާގެ 50 އެއްހައި މީހުން މަރައިލައި، ރަޝިޔާގެ މަދުވެގެން ހަ މަތިންދާ ބޯޓް ވައްޓައިލައިފައިވާ ކަމަށެވެ.

ރަޝިޔާއިން ބުނަމުންދަނީ ޔޫކްރެއިންގެ އަސްކަރީ ފައުޖުތައް ހަތިޔާރާއި މަގާމުތައް ދޫކޮށް ފިލަމުންދާ ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ހަމަލާތައް ބަދަލު ކުރަމުން އަންނަ ކަމަށް އެ ޤައުމުން ބުނެއެވެ.

މަދަނީ އަސަރު

އިރުއޮއްސުނު އިރު ފުރަތަމަ ގޮއްވައިލި ބޮންތަކަށް ފަހު ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގައި އިމަޖެންސީ ސައިރަންތައް އަދި ނުކެނޑެއެވެ. ޔޫކްރެއިންގެ ވައިގެ ސަރަހައްދުތައް މިއަދު ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން ފްލައިޓްތަކަށް ދަތުރުކުރެވޭ ގޮތް ނުވުމުން އެ ސިޓީގައި ދިރިއުޅޭ މީހުން ސިޓީން ފޭބުމަށް އޮތް ހަމަ އެކަނި ގޮތަކީ އެއްގަމުގެ މަގުތައް ކަމަށް ވުމުން މަގުތަކުގައި ވަނީ ދިގު ޓްރެފިކް ޖޭމްތަކެއް ހެދިފައެވެ.

ބައެއް ފަރާތްތަކަށް ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދަމުން އަންނަ އިރު، ކާބޯތަކެއްޗާއި ޕެޓްރޯލް ހޯދުމަށް ބޮޑެތި ކިއޫތަކެއް ވަނީ ހަދައިފައެވެ.

ޔޫކްރެއިންގެ ބޯޑަރު އޮންނަ ޔޫރަޕްގެ ގިނަ ގައުމުތައް ކަމަށްވާ ޕޮލެންޑް، ސްލޮވާކިއާ އަދި ހަންގޭރީން ބުނަނީ ރެފިއުޖީން އެތެރެވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ރެފިއުޖީންނަށް މަރުހަބާ ކިޔާނެ ކަމަށް އެ ޤައުމުތަކުން ބުނެއެވެ.

ބައިނަލްއަޤްވާމީ ކުށްވެރިކުރުންތައް

ޔޫކްރެއިންގެ އަވަށްޓެރި ގައުމުތަކުން ދަނީ ރަޝިއާއިން ހަމަލާ ދެމުންދަތީ އެހީތެރިކަން ދޭން ތައްޔާރުވަމުންނެވެ. އަދި ރަޝިއާގެ އަމަލު ވަނީ ކުށްވެރިކޮށްފައެވެ

ރަޝިޔާއާ ބޯޑަރު ހިއްސާކުރާ ބޯލްޓިކް ރިޕަބްލިކް އޮފް އެސްޓޯނިއާގެ ބޮޑުވަޒީރު ވިދާޅުވީ، ރަޝިޔާއާ ބޯޑަރު ހިއްސާކުރާ ނޭޓޯގެ ޤައުމުތައް ގުޅިގެން ނޭޓޯގެ މާއްދާ 4ގެ ދަށުން މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ. މާއްދާ 4ގެ ދަށުން ނޭޓޯގެ ޤައުމުތައް ގުޅިގެން ޤައުމަކަށް އަސްކަރީ އެހީތެރިކަން ދެވޭނެއެވެ.

މޮލްޑޯވާއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޔޫކްރެއިންގެ އެތައް ހާސް ރެފިއުޖީންނަކަށް އެހީވުމަށް ތައްޔާރުވެފައެވެ. ލިތުއޭނިއާގެ ރައީސް ގިތާނާސް ނައުސާޑާ ވެސް ވިދާޅުވީ، ޕާލަމެންޓުން ރުހުން ދިނުމަށް ކުއްލި ނުރައްކަލުގެ ހާލަތުގެ އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވީ "މެންބަރު ޤައުމުތައް ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދެމިތިބޭނެ" ކަމަށެވެ.

އެމެރިކާ، އީޔޫ، އިނގިރޭސިވިލާތް އަދި ޖަޕާނުން ވަނީ ރަޝިއާގެ ފިޔަވަޅުތަކަށް ތާއީދު ނުކުރާކަން ހާމަކޮށް، ރަޝިޔާގެ ބޭންކުތަކާއި، ޕާލަމެންޓް މެމްބަރުންނާއި މަހުޖަނުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!