ދުނިޔެ

ހަމަލާތައް ކުށްވެރިނުކޮށް، ފިޔަވަޅެއް ނާޅައި މޯދީ އެދުނީ ހަމަލާތައް ހުއްޓައިލާން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާއިން ޔޫކްރޭނަށް މިހާރު ދެމުންގެންދާ ހަމަލާތައް ހުއްޓައިލާން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އަރިހުން އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ހަމަލާތައް ހުއްޓައިލުމަށް މޯދީ އެދިވަޑައިގަތީ ޕުޓިންއަށް ކުރެއްވި ފޯންކޯލެއްގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހަމަލާތައް ހުއްޓައިލައި ، ޔޫކްރޭންއާއި ރަޝިއާ މަޝްވަރާކޮށް ހައްލު ހޯދުމަށް މޯދީ ވަނީ އެދިވަޑައިގެންފައެވެ.

މޯދީ މިގޮތަށް އެދިވަޑައިގެންނެވި ނަމަވެސް ، އަދި މިހައިތަނަށް މޯދީގެ ސަރުކާރުން ، ހަރުކަށި ގޮތެއްގައި އެ ހަމަލާތައް ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާއިރު އިންޑިއާއިން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ވެސް ނުވެއެވެ.

ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރުން ފެށިގެން އިންޑިއާއާއި ރަޝިއާއާ ދެމެދު ވަރަށް ގާތް އެކުވެރިކަމެއް އޮވެއެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކުގައި ޔޫކްރޭންގެ 137 މީހުން މަރުވެފައި ވެއެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން ގެދޮރުދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައި ވެއެވެ.

Ads by Ooredoo
  1. ދޯކާ

    ރަސިއާގައި އުފައްދާ ހަމަލާތަކުން ދިފާއުވާ ނިޒާމް ގަތުމަށް އިންޑިއާއިން ވަނީ އެތައް ކުރޯޑް ރުޕީސްއެއްގެ އެއްބަސްވުމެއްގައި ރަސިއާ އާއި އެކު ސޮއިކޮށްފައި. ޢެމެރިކާގެ ފިއްތުންތައް ވެސް ވަރަށް ބޮޑު.

  2. ނުރަބޯ

    ރަޝިޔާއިން އެ ޙަމަލާތައް ފެށީ ރަޝިޔާގެ ތޮއްބުޑުގައި އޮތް ޔުކްރެއިނުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ޕަޕެޓަކަށްވެ ޔުކްރެއިނުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރަޝިޔާގެ މިނިވަން ކަމަށް ނުރައްކައު ވާ ހިސާބަށް ކަންތައް ދިޔުމުންނެވެ.