ދުނިޔެ

ޔޫކްރެއިންގެ ރައީސްގެ ހިތްދަތި މެސެޖު: އެންމެ ބޭނުންވި ދުވަހު އެންމެން ވެސް ދިނީ ބީރު ކަންފަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝީޔާއިން ޔޫކްރެއިންއަށް ހަމަލާ ދެމުންދާ މި ދަނޑިވަޅުގައި އެހީތެރިވާނެ އެއްވެސް ޤައުމެއް ނެތް ކަމަށް ބުނެ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަރަށް އަސަރުން ފުރިގެންވާ ޚިތާބެއް ދެއްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެއިންސުރެ ރަޝިޔާއިން ދަނީ ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި މިހައިތަނަށް 137 މީހުން މަރުވެފައިވާއިރު، ރައީސް ޒެލެންސްކީ ވިދާޅުވީ، އެއީ ޤައުމަށްޓަކައި ޤުރުބާންވި އަބްތާލުންތަކެއް ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ، ރަޝިޔާ ހަމަލާދިނުމުގެ ކުރީގައި އެ ޤައުމުގެ ދިފާއުގައި ނިކުންނާނެ ކަމަށް ގިނަ ޤައުމުތަކުން ބުނި ނަމަވެސް، މިއަދު ޤައުމު ދިފާއު ކުރަން ޖެހިފައި ވަނީ ގިނިކަންޏާ ކަމަށެވެ.

ހުޅަނގުގެ އެކުވެރިންނަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ "އަޅުގަނޑުމެންނާ އެކުގައި ހަނގުރާމަކުރަން ތައްޔާރަށް ތިބީ ކާކުތޯ؟ އަޅުގަނޑު ނުދެކެން އެއްވެސް މީހަކު. ޔޫކްރެއިންއަށް ނޭޓޯގެ މެމްބަރުކަން ދޭނެކަމުގެ ގެރެންޓީ ދޭން ތައްޔާރަށް ހުރީ ކާކު؟.(އެކަމަށް) އެންމެން ވެސް ބިރުގަނޭ."

މިއަދު ޤައުމީ ޓީވީ މެދުވެރި ކުރައްވާ ދެއްވި ވީޑިއޯ ޚިތާބެއްގައި އޭނާ އިތުރަށް ވިދާޅުވީ އަސްކަރިއްޔާގެ 10 އޮފިސަރުން ހިމެނޭ ގޮތަށް 137 "ހީރޯއިން" މަރުވެ 316 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ރަޝިޔާއިން ހިފައިފައިވާ އޮޑެސާ ސަރަހައްދުގައި އޮންނަ ޒެމިނީ އައިލެންޑުގެ ބޯޑަރު ގާޑުން ވެސް ހިމެނެއެވެ.

"އެމީހުން ދަނީ މީހުން މަރަމުން ސުލްހަވެރި ސިޓީތައް އަސްކަރީ އަމާޒުތަކަކަށް ބަދަލުކުރަމުން" ރައީސް ވިދާޅުވީ އެ މީހުންނަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް ޤައުމުގެ ދިފާއުގައި އެކަނި ނަމަވެސް ނިކުންނަވާނެ ކަމަށާއި ނުފިއްލަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

Ads by HDC
  1. އަލީ

    ފުއްޕީމަ ވާނެ ގޮތް ތިިީ

  2. މިއަދު

    ތިފެނުނީ އެމެރިކާގެ އަސްލު ސިފަ އެކުވެރިކަމަށް ނަފްރަތުކުރާނެ ފިތުނަވެރިކަމަށް ލޯބިކުރާނެ އެކުވެރިދެގައުމެއް ދެހަތުރުންނަށް ބަދަލުކޮށްލުމަކީ އެމެރިކާއަށް ލިބުނު ކުރިއެރުމެއް

  3. ލޮލް

    ލަނޑުދީފަ އެންމެންތައް ބެޗީދޯ. މިހާރު އެބައިނގޭނު ދުނިޔޭގަ ބާރުގަދަ ގައުމުތައް. ދެންވެސް އެމީހުން ކަައިރިން ހިމާޔަތް ހޯދަން ދަސްކޮށްބަލަ.

    • ޙަހަ

      ކަލޯ އަހަރުމެން އިންޑިޔާގެ ހިމާޔަތް ހޯދަން ބޭނުން ނުވަނީ ކީއްވެއޯ…..؟ އަޅުވެތިކަން ބޭނުންވާނީ ކާކު …..؟

    • ޔުކުރޭނޫ

      ފަލަސްތީން މީހުން މަތިން ހަނދާން ކޮއްލާ ޔުކުރޭނޫ.

  4. ވަހީދު

    ޢިރާގު ހިފުމުގެ ކުރިން އިރާގުގެ ކުރުދީ ނަސްލުގެ ކުރިއަށް ތިބި ބޭފުޅުން ވައިޓްހައުސްއަށް ގެންގޮސް ހަނގުރާމައަށް ސައްލާކޮށް، ސައްދާމު ބަލިކުރެވިއްޖެނަމަ އިރާގާއި ސީރިއާއިން ބިން ނަގައި ކުރުދީންނަށް ދައުލަތެއް ހަދައިދޭނެކަމަށް އެމެރިކާއިން ބުނި. އެކަމަކު އެވާހަކަ ދެއްކި ހަނދާނެއް ވެސް މިހާރު އެމެރިކާގެ ވެރިން ނެތް. ވިސްނާ.

    • އެމެރިކާ އޮތްހާ ދިވަހެއްގަ ދުނިޔޭގައި ހަމަޖެހުމެއް ނޯންނާނެ،

  5. ކޮރަކަލި

    މޮޔަ
    ސޮރެއްގެބޮލަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ގޮތުގައި ތިބިހިޔަޅުން ފެންވަރުގެ މީހުން ސަވާރުވާރުވެ އަވަށްޓެރިއާ ދޫކޮށްލުމުން ވާނެގޮއް ތިވަމުން ދަނީ

  6. ޙަބީބު.

    ދެންވެސް ފޮނުނާރުވަ ރަޝިޔާކިބައިން މާފައްއެދި ދުވަހަކުވެސް އެމެރިކާ އަދި ޔޫރަޕައް ނުހެއްލޭނެ ކަމައްވިދާޅުވޭ

  7. ޒުނައިރާ މުޙައްމަދު

    ޜައްޔިތުން ދެކެ ލޯބިފުޅުވާނަމަ އަވަހަށް އިސްތިޢުފާ ދެއްވުން އެއްމެ ރަގަޅު ގޮތަކީ

  8. މާދަމާދެކޭމީހާ

    ޔޫރަޕް އާ އެމެރިކާގެ ޔަހޫދީންގެ ބަހައް ޔުކްރޭން ގަ އޮތިއްޔާއޮތް ނިޔުކުލިއަ ހަތިޔާރު ތައްނެއްތާލީ ދެން ގައުމައް ބަޔަކު އަރައި ގަތީމަ އެހީއެއްވެސް ނުވި ނޭޓޯއާ ޔޫރަޕްގެ 27 ގައުމާ އެމެރިކާ ވެސް އެހީއެއް ނުވި މިހާރު އެގޭނެ ޔަހޫދީން ގެ ކަންތައް ތައް ހުންނާނެ ގޮތް