ދުނިޔެ

"މަލުގެ އޮށްތައް އިންދާ ، އޭރުން މީރު ވަސް ފެތުރޭނެ"!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ އަންހެނަކު ރަޝިއާގެ ސިފައިންގެ މީހަކާ ކުރިމަތިލާ ވީޑިއޯއެއް ވައިރަލްވެއްޖެއެވެ.

Ads by Sosun Fihaara

މި ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ ، ހަތިޔާރު އެޅި ރަޝިއާގެ ސިފައިންގެ މީހެއްގެ ކުރިމައްޗަށް އަރައި ތީކާކުތޯއާއި ހަތިޔާރު އެޅި ސިފައިން މަގުތަކުގައި ކުރަނީ ކީއްތޯއަހައެވެ. ޖަވާބުގައި ، ހަނގުރާމައިގެ އެކްސަސައިޒެއް ކުރިއަށް ގެންދަނީ ކަމަށް ބުނެ އެތަނުން ދުރަށް ދިޔުމަށް ސިފައިންގެ މީހާ އެދެއެވެ.

އޭގެ ފަހުން އެ އަންހެން މީހާ ، ސިފައިންގެ މީހާއަށް ސުލްހައިގެ މެސެޖެއް ދެއެވެ. އެ ގޮތުން (ހަތިޔާރު އަޅައިގެން ނުތިބެ) މަލުގެ އޮށްް އިންދުމަށާއި އޭރުން މާފޮޅި އޭގެ މީރުވަސް ދުވާނެކަމަށް އޭނާ ބުނެއެވެ.

ޔޫކްރޭންއާއި ރަޝިއާއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ 137 މީހަކު މަރުވެފައި ވެއެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން ގެދޮރުދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވިއިރު އެތައް ސަތޭކަ ބަޔަކު ތިބީ ދާނެ ތަނެއް ނެތި މަގުމަތިވެފައެވެ.

އީޔޫ އާއި އެމެރިކާއިން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. އެގައުމުގެ އަސްކަރީ ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރަޝިޔާގެ އެތައް ހާސް ބަޔަކު ވަނީ ހަނގުރާމައާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން މޮސްކޯ އާއި ސެއިންޓް ޕީޓަސްބާގްގެ މަގުތަކަށް ނުކުމެފައެވެ.

ބުރާސްފަތި ދުވަހު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން 54 ސިޓީއެއްގެ 1750 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން މަދުވެގެން 957 މީހުން ހައްޔަރުކޮށްފައިވަނީ ވެރިރަށް މޮސްކޯގައެވެ.

Ads by Ooredoo
  1. ޢިސްލާމް

    ޙައިރާން އެއް ނުވެ، ޕަލަސްތީން ގެ މިީހުންގެ ހަާލު މާބޮޑު