ދުނިޔެ

ޕޫޓިން އަދި ޓްރަންޕަކީ އޫރުން ކަމަށް ސިފަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަކީ އޫރުންތަކެއް ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ ނައިބު އެންޑްރޫ ބޭޓްސް ސިފަ ކުރައްވައިފިއެވެ.

Ads by WAMCO

އެންޑްރޫ މިގޮތަށް ވިދާޅުވެފަ އިވަނީ، ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އެރުމުގެ ކުޑައިރުކޮޅެއް ކުރިން، ރަޝިޔާގެ ރައީސް ޕޫޓިންނަށް ޓްރަންޕް ތައުރީޕް ކުރެއްވި ޚަބަރު ޓްވިޓަރގައި ހިއްސާ ކުރައްވަމުންނެވެ.

މިގޮތުން އެންޑްރޫ ވިދާޅުވީ، ޓްރަންޕާއި ޕޫޓިންއަކީ އެމެރިކާއިން ގެންގުޅޭ ހުރިހައި އުސޫލުތަކާ ޚިލާފު ބައެއް ކަމަށެވެ. އަދި އެ މީހުންނަކީ ވަރަށް ވެސް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވައިފައެވެ.

"ކުށެއް ނެތް މައުސޫމް އެތައް ބަޔަކު މަރަމުންދާ މީހަކަށް ތައުރީފް ކުރާއިރު، މިއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. މި ދެމީހުންނަކީ އިންސާނުންގެ ސިފައިގައި ތިބި އޫރުން" މިއަދު ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ، ޚުދުމުޚްތާރުވެރިންނަށް ތައުރީފް ކުރުމުގެ ތާރީޚެއް އޮތް ބޭފުޅެކެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގައި، ފިލިޕީންސްގެ ރޮޑްރިގޯ ޑުޓަރޓޭއާއި، އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮން އުންއަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވަމުން ގެންދެވިއެވެެ.

ބައިޑަންގެ ސަރުކާރުން ވަނީ ރަޝިޔާގެ އަވަށްޓެރި ޔޫކްރެއިންއަށް ދިން ހަމަލާއާ ގުޅިގެން ރަޝިޔާއަށް އަދަބު ދިނުމުގެ މަޤްޞަދުގައި ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފައެވެ.

  1. ހައްގުގާ

    ފަލަސްތީންގެ އާންމުން މަރަމުން އެމެރިކާގެ ވާގިވެރިން ދިޔައިރު ހަމުދަރުދީ އެއް ނުވެވުން ތީންއެއްވެސް ގައުމަކަށް